ސިޓީ ކައުންސިލަށް ނާންގާ މުއައްސަސާތަކުން ކަންކަން ކުރާތީ މާލެ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ކަންބޮޑުވުން ފާޅުކުރައްވާފިއެވެ.
މުއިއްޒު އެހެން ވިދާޅުވީ ސިޓީ ކައުންސިލްގެ މަސައްކަތާ ގުޅޭ ގޮތުން މާލެ ސަރަހައްދުގެ ރައްޔިތުންނާ ބައްދަލު ކުރުމަށް ކްލަބްހައުސްގައި ބޭއްވި ބައްދަލުވުމެއްގައެވެ.
އެގޮތުން މުއިއްޒު ވިދާޅުވީ ސިޓީ ކައުންސިލްގެ އިހުތިސޯސް ހިނގާ ދާއިރާތަކުގައި ހުރި އެކިއެކި އިދާރާތަކުން ސިޓީ ކައުންސިލާ މަޝްވަރާ ނުކޮށް ކަންކަން ކުރަމުން ދާ ކަމަށެވެ.
އަދި އެކަންކަމަށް ހައްލު ހޯދުމަށް އެފަދަ ހުރިހާ މުއައްސަސާއަކަށް ސިޓީ ފޮނުވާފައިވާ ކަމަށް މުއިއްޒު ވަނީ ވިދާޅުވެފައެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލްގެ އިހުތިސޯސުގައި ހިމެނޭ ތަންތަނަން، މާލެ، ވިލިމާލެ، ހުޅުމާލެ ހިމެނުނު ނަމަވެސް އެޗްޑީސީންވެސް އެތައް ކަމެއް ކުރަނީ ސިޓީ ކައުންސިލަށް ނާންގާ ކަމަށެވެ. އަދި އެހެން ބައެއް މިނިސްޓްރީތަކުން ވެސް ކުރަނީ، ސިޓީ ކައުންސިލަށް ނާންގާ ކަމަށް މުއިއްޒު ފާހަގަކުރެއްވިއެވެ.
މުއިއްޒު ވިދާޅުވީ ގާނޫނު ބުނާ ގޮތުން، އެ ގޮތަށް އެ މުއައްސަސާތަކުން ކަންކުރުމަކީ ގާނޫނީ ކުށެއް ކަމަށާއި އެ މައްސަލަތައް ހައްލު ކުރުމަށް އަޅަން ޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށެވެ.
ވަރަށް ރަނގަޅު ވާހަކަ އެއް. ޝަރީއަތަށް ދޭ ބަލަ. މޮހޮނަށް ދޯނި ދިން ގޮތަށް ހުރިހާ ކަމެއް ނުކުރެވޭނެ.
މުއިއްޒު ހާދަ ހިތްމަށްޗަށް އަރައިގެން ތި އުޅުއްވަނީ ކީއްވެތޯ. މިއީ ޔުނިޓަރީ ދައުލަތެއް ވަކިވަކި ސަރުކާރުތަކެއް މިގައުމަކު ނޯންނާނެ. ކައުންސިލްތަކަކީ އެގްޒެކެޓިވް ބްރާންޗްގެ ބައެއް. ކައުންސިލްތަކުގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރިން.
މުއިއްޒު ހިތްމައްޗަށް އެރީތޯ؟ ނުވަތަ ސަރުކާރު ހިންގާ އެމް.ޑީ.ޕީ ގެ ބޭފުޅުންނަށް ޤާނޫނަށް އަމަލު ކުރަން ނޭގެނީތޯ؟ މިވީހާތަނަށް ޤާނޫނީ ވެރިކަމެއް ކުރާކަށް އެމް.ޑީ.ޕީ އަކަށް ނޭނގުނު. ކުރަން އެނގެނީ ދީނަށް ފުރައްސާރަ ކުރުމާއި، ޤަވްމުގެ މިނިވަންކަށް އިންޑިޔާ އަށް ހެޔޮއަގުގައި ވިއްކާލެވޭނެގޮތެއް އޮތްތޯ ބެލުން.
މުޢައްސަސާތައް ހަމަޔަކަށް އަޅުވަން ދެން ނެރެން ޖެހޭނީ މުޢިއްޒުއަށް ވޯޓް ދިން ރައްޔިތުން މާލޭ ސިޓީ ކައުންސިލްގައި ތިބި މިސަރުކާރަށް ނިސްބަތްވާ މީހުން ބޭރުކޮށްފައި މުޢިއްޒުމެން ވެއްދީ އެމީހުން ކައުްސިލް ހިންގާގޮތް ކަމުނުގޮސްގެން ވީމާ މުޢައްސަސާ ތަކުން ޖެހޭނީ މުޢިއްޒުމެން ބުނާގޮތް ހަދަން އެހެން ނޫނީ ދެން ޖެހޭނީ ރައްޔިތުން ނިކުންނަން!