މާލެ ސިޓީ ކައުންސިލްގެ ހުޅުމާލެ ދާއިރާގެ ކައުންސިލް މެމްބަރު އިބްރާހިމް ޝުޖާއު ޗުއްޓީއަށް ވަޑައިގަތުމުން މާލެ ސިޓީގެ ކުރީގެ މޭޔަރު ސިފާ މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ސިފާ ކަންބޮޑުވުން ފާޅު ކުރެއްވީ ސުޖާ ގިނަ ދުވަސް ތަކަކަށް ފަހު އުފަން ރަށަށް ވަޑައިގަތުމަކީ ލިބިވަޑައިގަންނަވާ އުފަލެއް ކަމަށް ވިދާޅުވެ ކުރެއްވި ޓްވީޓަކާ ގުޅުގެންނެވެ. ޝުޖާ އެހެން ވިދާޅުވީ އާންމު ފަރާތަކުން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އެ މީހާ އަހާފައިވަނީ ކައުންސިލް ކަމަށް ހޮވޭ އިރަށް ޗުއްޓީ ލިބޭތޯއެވެ.
މިކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން ސިފާ ވަނީ އަހަރެއް ހަމަ ނުވަނީސް ޗުއްޓީ ގުނަން ފަށާނީ ކިހިނެތްތޯ އައްސަވާފައެވެ.
ސިފާ އިތުރަށް ވިދާޅުވީ އާއިލީ ޗުއްޓީއާއި އެމްސީ ހުށައަޅައިގެން ސަލާމް ބެނެވޭނެ ކަަމަށެެވެ.
އެކަމަށް ރައްދު ދެއްވާާ ސުޖާ ވަނީ އެލްޖީއޭގެ ކައުންސިލަރުންގެ ޗުއްޓީގެ އުސޫލުތައް ހިއްސާކުރައްވާ މާލެ ސިޓީގެ މޭޔަރު ކަން ކުރައްވާފަ ހުންނެވި ބޭފުޅަކަށް އެލްޖީއޭ ގެ އުސޫލުތައް އެނގިވަޑައިނުގަތުމަކީ ހިތާމަކުރައްވާ ކަމަށް ވިދާޅުވެފައެވެ.އަދި ޝުޖާއު އަކީ އުސޫލާ އެއްގޮތަށް އުޅުއްވާ ބޭފުޅެއް ކަމަށް ވެސް ވަނީ ފާހަގަ ކުރައްވާފައެވެ.
އެލްޖީއޭގެ ކައުންސިލަރުންގެ ޗުއްޓީގެ އުސޫލު ގެ ކައުންސިލަރުންގެ އަހަރީ ޗުއްޓީގެ 6 ވަނަ މާއްދާގެ (ށ) ގައި ވަނީ ކައުންސިލަރުންނަކީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށް އިންތިހާބު ކޮށްފައިވާ ބަޔަކަށްވާތީ، މަގާމާ ހަވާލަވާތާ އަހަރެއް ނުވަނީސް އަހަރީ ޗުއްޓީ ހައްގުވާނެކަމުގައެވެ.
މަގޭ ސުވާލަކީ ކޮވިޑްގެ މިހާލަތުގަ ސުޖާއަށް ޗުއްޓީއަށް އަމިއްލަ ރަށަށް ދެވެންވީ ކީވެބާއޭ؟ ހަމަ ޔަގީނުންވެސް މާލޭގަ އުޅެވެން ނެތިގެން ދިރިއުޅުން ރަށަށް ބަދަލު ކުރަނީހެނެއް ހީއެއްނުވޭ.
އާންމު މީހާ އަށް ޗުއްޓީ އަށް ނުދެވެޔޯ މައިމޫނާ ބުނަނީ. އެމަޖެންސީގަ ނޫނީ ރަށްރަށަށް ނުދެވޭ ކަމަށް އެޗްޕީއޭ އިން ބުނަނީ. ދޮގު ހަދައިގެން ދޯ ސުޖާ ތިދަނީ.
އެކަމަކުވާ ޝިފާ. މަވާ ހައިރާން
އެކަމަކު އަދި އަވަސްދޯ އަހަރީ ޗުއްޓީ ހުސްވެދާނެތީ ތެޅިގަންނަން. ރައްޔިތުންނަށް ޚިދުމަތްކުރުމަށް އެހާ ޖޯޝްހުރެގެން ކެމްޕެއިންގަ ކަރުން ނާރު ހިއްލިޔަސް އިޚްލާސްތެރިކަމެއް ހުރިނަމަ އަދި ތިކަމާ ނޫޅޭނެ. ދެން ބައްޔޭ އަނެކެއްޗެކޭ ކިޔަސް ބަލައިގަނެވޭކަށްނެތް. ސޮރީ!
ސުޖާ ބުންޏަސް ތެދެއްވާނީ ތެދަކަށް.. 18 މެއި 2022 ގެ ކުރިން ކައުންސިލަރުން އަހަރީ ޗުއްޓީ ނުނަގައިފިނަމަ ޗުއްޓީ ކެންސަލް ވެސް ވާނެ..