އުސް އިމާރާތްތަކުގައި އަލިފާންުގެ ހާދިސާ ހިނގުމުން ކަންކުރާނެ ގޮތުގެ ޑްރިލްއެއް ކުރިއަށް ގެންގޮސްފިއެވެ.

އެމްއެބްޑީއެފުން ބުނީ މިއީ އުސް އިމާރާތުގައި ހިނގާ އަލިފާނުގެ ހާދިސާގެ "ރެކްކިއު އޮޕަރޭޝަން"ގައި އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު ސާވިސްއިން ބޭނުން ކުރާ (ޓާނިން ޓޭބަލް ލެޑާ) ވެހިކަލް ބޭނުން ކޮށްގެން ކުރިއަށް ގެންދިޔަ ފަރިތަކުރުމެއް ކަމަށެވެ.

މި ފަރިތަކުރުން ކުރިއަށް ގެންގޮސްފައިވަނީ ހުޅުމާލެ ސިފްކޯ ހިޔާ ފްލެޓް ގައި ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން އަންނަނީ މިފަދަ ފަރިތަކުރުންތައް ދޭތެރެ ދޭތެރެއިން ބާއްވަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ގިނަ އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ. އެގޮތުން ދާދި ފަހުން ވަނީ މާލެސިޓީ ދެކުނުފަރާތު މޭރީ ބްރައުން ކައިރީ ފަޅުތެރޭ އަޅާފައި އޮތް ތިން ލޯންޗެއްގައި އަލިފާން ރޯވެ ބޮޑެތި ގެއްލުންތަކެއް ވެފައެވެ.

އޭގެ އިތުރުން މޭ 26، ވަނަ ދުވަހުގެ ރޭ ދަންވަރު މއ. މޯނިންވިއު ގޭގެ 3 ވަނަ ފަންގިފިލާގައި ވެސް ވަނީ އަލިފާނުގެ ހާދިސާއެއް ހިނގައިފައެވެ. މި އަލިފާނުގެ ހާދިސާގައި 5 އާއިލާއެއް ހާލުގައި ޖެހި 32 މީހެއްގެ ބޯހިޔާވަހިކަން ވަނީ ގެއްލިފައެވެ.