ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ހަރުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ބުނީ މިއީ އެޗްޑީސީގެ ސްމާޓް ސިޓީ މަޝްރޫއުގެ ދަށުން މާލެ ސަރަހައްދަކީ ރައްކާތެރި ތަނަކަށް ހެދުމަށް ކުރިއަށްގެންދާ ޕްރޮޖެކްޓެއް ކަމަށެވެ.
އެގޮތުން އެ މަޝްރޫއުގެ ދަށުން މުޅި ހުޅުމާލޭގެ މަގުތަކާއި ޕާކު ފަދަ އާންމުން ބޭނުންކުރާ ހުރިހާ ތަނެއް ހިމެނޭ ގޮތަށް ސީސީޓީވީ ވިއުގައެއް ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ މި ޕްރޮޖެކްޓުގެ މަސައްކަތް ފަށާނީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ފުލެޓްތަކާއި ވަށައިގެންވާ އާންމު ސަރަހައްދުތަކުން ކަމަށެވެ.
އެ ވިއުގައިގާ ހިމެނޭ ހުރިހާ ކެމެރާއެއް ހުންނާނީ އެޗްޑީސީގެ ގިގަބިޓް ޕެސިވް އޮޕްޓިކަލް ނެޓްވޯކް (ޖީޕީއޯއެން) މެދުވެރިކޮށް ގުޅާލާފައި ކަމަށް އެޗްޑީސީން ބުނެއެވެ.
އެޗްޑީސީން ބުނީ އެވީޑިއޯ ސަވެއިލަންސްގެ އެހީގައި ސިޓީގައި ހިނގާ ކަންކަމަށް އަދި ކުއްލި ހާލަތްތަކުގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުން އަވަސް ވެގެން ދާނެ ކަމަށެވެ.