ކޮކާކޯލާ ފުޅިއެއްގެ ތެރެއިން އިންސާނެއްގެ ދަތެއް ފެނިއްޖެ ކަމަށް އަހުމަދު ތޮލާލް ވިދާޅުވެއްޖެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސް ސީނިއާ ޕްރޮގްރާމް ކޯޑިނޭޓަރު އަހުމަދު ތޮލާލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނެއްގެ ދަތް ފެނުނު ކޮކާކޯލާ ފުޅިއަކީ މާލެ އެއާރޭޓެޑް ވޯދާ ކޮމްޕަނީ ލިމިޓެޑްއިން އުފެއްދި އެއްޗެއް ކަމަށެވެ.

އަދި އެފުޅި ގަނެފައިވަނީ ވީބީ މާޓުން ކަމަށް ވެސް ތޮލާލު ވަނީ ވިދާޅުވެފައެވެ.

އެހާދިސާ ދިމާވީ އޭނާގެ ރަހުމަތްތެރިއަކަށް ނޫން ކަމަށާއި މިއީ އޭނާ ގަތް ފުޅިއަކުން ފެނުން އެއްޗެއް ކަމަށް ވެސް ތޮލާލު ވަނީ ތަކުރާރުކޮށް ވިދާޅުވެފައެވެ.

ތޮލާލު ވިދާޅުވީ އެ ދަތް ފެނިފައި ވަނީ ކޮކާކޯލާ ފުޅިން ބިއްލޫރި ތައްޓަކަށް އަޅައިގެން ބޯން އުޅުމުގެ ތެރޭގައި ކަމަށެވެ.

މިކަމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ކޮކާކޯލާ ކުންފުންޏަށް ދަނީ އަމާޒު ވަމުންނެވެ.

އެކަމާ ގުޅިގެން ކޮކާކޯލާ ކުންފުނިން އަދި އެއްޗެއް ބުނެފައެއް ނުވެއެވެ.