ކޮކާކޯލާގެ 'ޝެއާ އަ ކޯކު' ކެމްޕޭނު ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް އާ ދިވެހި އަށް ޓެގްލައިނާއެކު ކޯކުގެ ކެމްޕޭނެއް ފަށައި ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
އިއްޔެ ސޯލްޓު ކެފޭގައި ބޭއްވި ޝެއާ އަ ކޯކުގެ އާ ކެމްޕެއިން ލޯންޗު ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ކޮކާ ކޯލާގެ ކަންޓްރީ މެނޭޖަރު ޕަންކަޖު ސިންހަ ވިދާޅުވީ ފާއިތުވި އެއް އަހަރުގެ ތެރޭގައި ޝެއާ އަ ކޯކް ކެމްޕޭނަށް ރާއްޖެއިން ބޮޑު ތަރުހީބެއް ލިބުނު ކަމަށާއި ދޮޅު މަސް ތެރޭގައި ފުރަތަމަ ސްޓޮކު ހުސްވި ކަމަށެވެ. މިއީ ރާއްޖެއިން އެ ކެމްޕޭނަށް ލިބުނު ބޮޑު ތަރުހީބެއް ކަމަށްވެސް ޕަންކަޖު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އޭނާ ވިދާޅުވީ މިފަހަރު ލޯންޗު ކުރި ކެމްޕޭނަކީ ގާތް މީހަކަށް، އޭނާގެ ޕާސަނަލިޓީ އާ ގުޅުވައިގެން ކޯކު ފުޅިއެއް ހަދިޔާ ކުރެވޭނެ ކެމްޕޭނެއް ކަމަށެވެ.
މިފަހަރުގެ ކޯކު ފުޅިތަކުގައި ހިމެނޭ އެންމެ ކެރޭ، އެންމެ ހިތްވަރުގަދަ، އެންމެ ލޯބިވާ، އެންމެ ސަކަ، އެންމެ ސަޅިމީހާގެ އިތުރުން ރީތި ހުސްކުރި އަދި ހަބޭސް ފަދަ ޓެގްލައިންތަކާއެކު ނެރުނު ކޯކު ފުޅިތަކަށްވެސް ބޮޑު ތަރުހީބެއް ލިބޭނެ ކަމަށް އެ ކޮމްޕެނީން އުއްމީދު ކުރެއެވެ.
ކޮކާ ކޯލާގެ "ޝެއާ އަ ކޯކު" ކެމްޕޭން އަކީ 2011 ވަނަ އަހަރު އޮސްޓްރޭލިއާގައި ފެށި އެ ކުންފުނީގެ އެންމެ ކާމިޔާބު އެއް ކެމްޕޭނެވެ. މިއީ އެކި މީހުންގެ ދެމެދުގައި އޮންނަ ގުޅުން ތަމްސީލުކޮށްދޭ ކެމްޕޭނެއް ކަމަށާއި މި ކެމްޕެއިން ދުނިޔޭގެ ގިނަ ގައުމުތަކަށް ފުޅާކޮށްފައިވާކަމަށް އެކުންފުނިން ބުނެއެވެ.
މި ކެމްޕެއިނާ އެކު ކެމްޕޭނަށް ހާއްސަ އިޝްތިހާރެއް ވެސް ލޯންޗުކޮށްފައި ވާއިރު ޝެއާ އަ ކޯކް ކެމްޕޭން ރާއްޖެ އަށް އެންމެ ފުރަތަމަ ތައާރަފު ކޮށްފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި ކެމްޕޭނުގެ ދަށުން ބައެއް ގައުމުތަކުގައި ލަވައިގެ ނަމާއި ފިލްމުތަކުގެ ނަމާއެކުވެސް ކޯކު ފުޅި ބާޒާރަށް ވަނީ ނެރެފައިވެއެވެ.