ރަން މަތިގަނޑު ޖެހި ކޯކް ފުޅީގެ މަތިގަނޑުގައި ލިޔެފައިވާ ކޯޑް އެސްއެމްއެސް ކޮށްގެން އަގުހުރި އިނާމުތަކެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ކޮކާކޯލާ އިން ތައާރަފް ކޮށްފިއެވެ.
މި ޕްރޮމޯޝަން ފާށަފައި ވަނީ ރާއްޖޭގެ ފުޓްބޯޅަ ސީޒަން ފެށެން ތައްޔާރުވަމުން އަންނަ ދުވަސްވަރާ ދިމާކޮށެވެ. މި ޕްރޮމީޝަން ހިނގާ އިރު އާއިލާ އަދި ރަށްޓެހިންނާއެކު ޕްރިމިއާ ލީގުގެ މެޗުތައް ބަލާލަން އެއްތަން ވެ ތިބޭ އިރު ކޯކުގެ މީރު ރަހައާ އެކު ލުއިކާނާ އިންސާފު ކޮށްލައިގެން، ޓީވީއާއި ސްމާޓްފޯން އަދި އެ ނޫން ވެސް ތަފާތު އެތައް އަގުހުރި އިނާމްތަކެއް ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.
ކޮކާކޯލާ އިން ބުނީ، ދިވެހިންނަކީ ފުޓްބޯޅައަށް އަބަދުވެސް ވަރަށް ބޮޑަށް ލޯބިކުރާ ބައެއް ކަމަށާއި އެހެންކަމުން ކޮކާކޯލާއިން މި ފަށާ ޕްރޮމޯޝަން މެދުވެރިކޮށް ގޭގައި ތިބެގެން ވެސް އަގުހުރި އިނާމުތަކެއް ހޯދުމުގެ ފުރުސަތު ނފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ލިބިގެން ދާނެ ކަމަށެވެ. ކޮކާކޯލާއިން "ކޯކް، ފުޑް އެންޑް ފުޓްބޯލް" ގެ ނަމުގައި ހިންގާ މި ޕްރޮމޯޝަން ފަށާނީ މާދަމާއިން ފެށިގެން ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ޕްރޮމޯޝަންގައި ބައިވެރިވުމަށް ޖެހެނީ ބާޒާރުގައި ހުރި 300 އެމްއެލް އާއި 500 އެމްއެލް އާއި 1.25 ލީޓަރުގ އަދި 2 ލިޓަރުގެ ރަން ކުލައިގެ މަތިޖެހި ކޯކު ފުޅި ގަތުމަށްފަހު އެ ފުޅީގެ މަތިގަނޑުގެ އެތެރޭގައި ލިޔެފައިވާ ކޯޑު 2626 ނަންބަރަށް އެސްއެމްއެސް ކޮށްގެންނެވެ. އަދި ޕްރޮމޯޝަންގައި ބައިވެރިވެގެން ލިބޭ އިނާމު ހޯދަން އަންނަ އިރު ގުރުއަތުން ހޮވޭ ކޯޑު ލިޔެފައި އޮތް މަތިގަނޑު ގެންނަން ޖެހޭ ކަމަށް ކޮކާކޯލާ އިން ބުނެއެވެ.
ޕްރޮމޯޝަންގައި ހުށަހަޅާފައިވާ އިނާމުތައް:
- 20 ސްމާޓްފޯން
- 50 އިންޗީގެ 25 ޓީވީ
- ކޯކުގެ ލޯގޯ ޖަހާފައިވާ 45 ލިމިޓެޑް އެޑިޝަން ކުދި ފްރިޖު (މިއީ ކޮންމެ ދުވަހަކު ދޭ އިނާމެއް)
- ކޯކުގެ ބްރޭންޑްކޮށްފައިވާ 225 މާޗެންޑައިޒް
135 އަހަރު ވެފައިވާ ކޮކާކޯލާ ކުންފުންޏަކީ ދުނިޔޭގެ އެންމެ މަގުބޫލް އަދި ގިނަ ބައެއްގެ ލޯބި ލިބިފައިވާ އެއް ބްރޭންޑެވެ. ރާއްޖޭގައި ކޮކާ-ކޯލާގެ އުފެއްދުންތައް ބަންދުކުރާ ޕާޓްނަރު ކަމަށްވާ މާލޭ އެރޭޓެޑް ވޯޓާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް މެދުވެރިކޮށް ދަ ކޮކާ-ކޯލާ ކޮމްޕެނީ އިން ވަނީ ކަރު ހިއްކުން ފިލުވާލަދޭ އަދި ރަހަމީރު ތަފާތު ބުއިންތައް ރާއްޖޭގެ މާކެޓަށް ތައާރަފްކޮށްފައެވެ. މީގެ އިތުރުން، އާންމުންގެ ދިރިއުޅުން އުޖާލާކޮށްދޭ ފަދަ ހަރަކާތްތަކާއި މަޝްރޫއުތައް ވެސް ކޮކާ.ކޯލާ ބްރޭންޑުން ކުރިއަށްގެންދެއެވެ.