ޕެންޑަމިކުގެ މި ދުވަސްވަރު ދިރާގުގެ ގިނަ ހިދުމަތްތައް އޮންލައިންކޮށް ދޭ އިރު ޕްރީޕެއިޑް ކަސްޓަމަރުންނަށް ގޭގައި ތިބެގެން ފަސޭހަކަމާއެކު ރީލޯޑް ކޮށްލެވޭނެ ގިނަ ގޮތްތަކެއް ދިރާގުން ފަހިކޮށްދީފިއެވެ.

ދިރާގު މޮބައިލް އެޕްލިކޭޝަން

- ދިރާގު މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް އެޕް ހުޅުވާލާފައި “Easy TopUp” ނަގައި، ބޭނުންވާ ޕްރީޕެއިޑް ނަންބަރު ޖެހުމަށްފަހު “Continue and Pay” އަށް ފިތާލާށެވެ. ދެން ރިލޯޑް ކުރަން ބޭނުންވާ އަދަދު ޖެހުމަށްފަހު އަނެއްކާވެސް “Continue and Pay” އަށް ފިތާލާށެވެ. ދެން ފައިސާ ދައްކަން ބޭނުން ވާ ގޮތް ހިޔާރު ކުރުމަށް ފަހު “Continue” އަށް ފިތާލާށެވެ.

- ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެއެވެ.

- ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ރީލޯޑް ކުރާނެގޮތުގެ ވީޑިއޯ ޓިއުޓޯރިއަލް

ދިރާގު ވެބްސައިޓް

- ދިރާގު ވެބްސްއިޓު މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގު ވެބްސައިޓްގެ ހޯމް ޕޭޖްގައި ވާ “Easy TopUp” އަށް ފިއްތާލާށެވެ. އެއަށްފަހު ރީލޯޑް ކުރަން ބޭނުންވާ ނަންބަރު އަދި އަދަދު ޖެހުމަށް ފަހު “Continue” އަށް ފިއްތާލާށެވެ. ދެން، ފައިސާ ދައްކަން ބޭނުން ވާ ގޮތް ހިޔާރު ކުރުމަށް ފަހު “Continue” އަށް ފިއްތާލާށެވެ.

- ދިރާގު ޕޭ ނުވަތަ ބީއެމްއެލް އަދި އެމްއައިބީ ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ރީލޯޑް ކުރަން ފައިސާ ދެއްކޭނެއެވެ.

ދިރާގު ޕޭ

- ދިރާގު ޕޭ މެދުވެރިކޮށް ރީލޯޑް ކޮށްލުމަށް ދިރާގުޕޭގެ މޮބައިލް އެޕްލިކޭޝަން ހުޅުވުމަށް ފަހު “Reload my mobile” ނުވަތަ “Reload Another” އަށް ފިއްތާލާށެވެ. އެއަށް ފަހު ނަންބަރު އަދި އަދަދު ޖެހުމަށް ފަހު “Validate” އަށް ފިއްތާލާށެވެ. ދެން ރީލޯޑް ޓްރާންސެކްޝަން ފުރިހަމަކުރުމަށް “Proceed” އަށް ފިއްތާލުމުން ރީލޯޑް ކޮށް ނިމުނީއެވެ.

- ދިރާގު ޕޭ އެކައުންޓަށް ފަސޭހަކަމާއެކު ކޭޝް އިން ކޮށްލުމަށް ދިރާގު ޕޭ އެޕް އަދި ދިރާގު ވެބްސައިޓުން ޑެބިޓް ނޫނީ ކްރެޑިޓްކާޑް މެދުވެރިކޮށް ކުރެވޭނެއެވެ.

ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުންވެސް ރައްކާތެރިކަމާއެކު ގޭގައި ތިބުމަށެވެ. އަދި ދިރާގުން މަސައްކަތް ކުރަމުން ދަނީ ކަސްޓަމަރުން ގޭގައި ތިބިގެން ދިރާގުގެ ހިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޮށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.