ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީ ހަލާކުވެ ދަނީ ޕާޓީގެ ލީޑަރޝިޕް ފެއިލްވުމުން ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކް (ރީކޯ މޫސަ) ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފް ޒިންމާ ނުނަގާ ވަކިފަރާތަކަށް ޖެހޭޖެހުމުގެ ސަބަބުން ޕާޓީ ހަލާކުވާ ކަމަށެވެ.

ޕާޓީގެ ލީޑަރާ، ރައީސްއާ، ނައިބުރައީސް އަދި ޕީޖީގެ ލީޑަޝިޕާ އެއްކޮށްގެން މައްސަލައަށް ހައްލު ހޯދަން ޖެހޭ ކަމަށް ރީކޯ މުސް ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ އެތެރޭގެ ކޯޅުން ބޮޑުވެފައި ވާއިރު، ރާއްޔިތުންގެ މަޖިލީހުގެ ތެރޭގައި އޮންނަ ކޮމިޓީތަކުގައިވެސް އެ ޕާޓީގެ މެންބަރުންގެ މެދުގައި ހިޔާލުތަފާތުވުންތައް ވަނީ ބޮޑުވެފައެވެ. އެގޮތުން ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވެފައި ވަނީ އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސައިން (ބިގޭ)އަށެވެ.

އެއީ މަޖިލީހަށް ވަކިވަކި ސިފައިން ހާޒިރު ނުވުމަށް ޑިފެންސުން ނިންމި މައްސަލައިގައި ދައުވާކުރަން ބޭނުންވެގެން ނަޝީދު މަޖިލީހަށް ހުށަހެޅުއްވި މައްސަލަ ދިރާސާ ކުރި ކޮމިޓީން މައްސަލަ ބޭރުކޮށްލުމަށް އޭނާ ވޯޓު ދެއްވުމާ ގުޅިގެންނެވެ.