މިދިޔައަހަރު ބާއްވަން ތާވަލުކުރި ޔޫރޯ 2020 ކޮވިޑާ ގުޅިގެން ފަސްކޮށްފައިވާއިރު، މިހާރު މިވަނީ ފޭށުމަށް ތައްޔާރުވެފައެވެ.

ޔޫރޯ 2020 އަށް އިންތިާރުކުރަމުންދިޔަ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ދިއިރުޅޭ ފުޓްބޯޅަ ފޭނުންނަށް ދިރާގުން މިވަނީ އުފާވެރި ހަބަރެއް ދީފައެވެ. އެގޮތުން ދިރާގުން ވަނީ ޔޫއީއެފްއޭ ޔޫރޯ 2020 ގެ ހުރިހާ "ހައި ޑެފިނީޝަން (އެޗްޑީ)" ކޮލިޓީގައި ދިރާގު ޓީވީ އަދި ދިރާގު ޕްލޭ މޮބައިލް އެޕުން ބެލޭނެ ކަން އިއުލާންކޮށްފައެވެ. އެގޮތުން މެޗްތައް ފެންނަނީ ސޮނީ 2 އެޗްޑީ އާއި ރާއްޖެޓީވީ ޗެނަލުން ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނެފައިވަނީ ދިވެހިންނަކީ އާދަކާދައިގެ ގޮތުން ކެފޭ ތަކާއި ހިސާބުގަނޑުތަކުގައި ބޮޑު ސްކްރީން ބަހައްޓައިގެން ރައްޓެހިންނާ އާއިލާ އާ އެކު ފުޓުބޯޅަ ބަލަމުންދިޔަ ބައެއް ނަމަވެސް، ކޮވިޑްގެ ހާލަތާ ގުޅިގެން މިވަނީ ގޭގައި ރައްކާތެރިކަމާއެކު ޓީވީގެ ޒަރިއްޔާއިން މެޗްތައް ބަލަން ޖެހިފަކަމަށެވެ. އެހެންކަމުން ދިރާގު ޓީވީ މެދުވެރިކޮށް އެންމެ ފުރިހަމަ ކޮލިޓީގައި ޔޫރޯގެ މެޗްތައް ގޭގައި ރައްކާތެރިކަމާއެކު ބަލާލެވުމުގެ އިތުރުން މުނިފޫހިފުލުވުމުގެ އެތައް ޗެނަލެއް ދިރާގު ޓީވީ މެދުވެރިކޮށް ބަލާލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގު ޕްލޭ އެޕް މެދުވެރިކޮށް ކޮންމެ ތަނެއްގައި ހުރެވެސް، ޖީއެސްޓީ އައި ނުލާ މަހަކު އެންމެ 65 ރުފިޔާއަށް ޔޫރޯ 2020 ގެ އިތުރުން ގިނަ މުނިފޫހިފިލުވުމުގެ ޗެނަލްތައް މޮބައިލް ފޯން ފަދަ ޑިވައިސްތަކުން ބަލާލެވޭނެއެވެ. އަދި ދިރާގު ވައިފައި ނެޓްވޯކެއްގައި ދިރާގު ޕްލޭ އިތުރު ޑޭޓާ ހަރަދެއް ނުހިނގާ ވެސް ބަލައިލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ވަނީ ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް އިތުރު ލުޔެއް ދިނުމުގެ ގޮތުން އިތުރު އޮފާތަކެއް ތައާރަފް ކޮށްފައެވެ. އެގޮތުން ދިރާގު ޕްރީޕެއިޑް ކޮމްބޯ ޕްލޭން ތަކުން އިތުރު 50 ޕަސެންޓް ޑޭޓާ ޖޫން 2021 ގެ ނިޔަލަށޤ ލިބިގެންދާނެ ކަމަށާ، ިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުން "އަމިއްލަ ޓީވީ" އެޑް އޮން އެކްޓިވޭޓްކޮށް، ޕޯސްޓްޕެއިޑް ޕްލޭން ކަސްޓަމައިޒް ކޮށްލައިގެންވެސް ޔޫރޯ 2020 ބަލާލެވޭނެކަމަށް ދިރާގުން ބުނެއެވެ.

ޔޫރޯ 2020 ގެ މެޗްތައް ފަށަން ހަމަ ޖެހިފައިވަނީ 12 ޖޫން 2021 ގެ ރާއްޖެ ގަޑިން 00:00 ގައި އެވެ.