ގއ. ދެއްވަދޫ ކައިރިއަށް އެންދަމަން ފޭބި މީހަކު މަރުވެއްޖެއެވެ.

ފުލުހުން ބުނީ، ދެއްވަދޫ ކައިރިއަށް އެންދަމަށް ފޭބި މީހަކު ހާލު ދެރަވެގެން އެމީހާ ގޮވައިގެން ދެއްވަދޫއަށް ދަތުރު ކުރާ ކަމުގެ މައުލޫމާތު މިއަދު ހަވީރު 4:40 ލިބިފައިވާ ކަަމށެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާ ދެއްވަދޫ ސިއްހީ މަރުކަޒަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައި ކަމަށް ފުލުހުން ބުނެއެވެ.

މަރުވެފައި ވަނީ އުމރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

އަދި މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ދަނީ ބަލަމުން ކަމަށް ވެސް ފުލުހުން ބުނެއެވެ.

މި ދުވަސްވަރަކީ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑް ބަލީގައި މިޙުން ޕޮޒިޓިވްވެ އަދި އެ ބަލި ޖެހޭ މީހުން މަރުވަމުން ދާ ދުވަސްވަރެކެވެ. ދެއްވަދޫން މަރުވި މިހާއަކީ މި ބަލީގައި މަރުވި މީހެއް ކަމެއް އަދި ސާފެއް ނުވެއެވެ.