ޔޫރޯ 2020 އާއި ގުޅިގެން އުރީދޫ މޯލްޑިވްސް އިން އުރީދޫ ފެންޓަސީ ލީގުގައި ވާދަކޮށް ޕްލޭސްޓޭޝަން 5 އެއްގެ އިތުރުން އަގުހުރި އެތައް އިނާމެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫން ބުނީ، ޔޫރޯ 2020 ގެ ފުޓުބޯޅަ ފޯރިއާ ގުޅިގެން އުރީދޫ މޯލްޑިވްސްއިން ޔޫރޯ ފެންޓަސީ ފުޓްބޯލް 2020 ގައި "އުރީދޫ ފެންޓަސީ ލީގް" ގެ ނަމުގައި ޓޯނަމެންޓެއް އިއުލާނު ކޮށްފައިވާ ކަމަށެވެ. މި ލީގުގައި ބައިވެރިވާ ފަރާތްތަކުން ވާދަކޮށް ލީގު ނިމޭއިރު އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ވެސް ލިބިގެންދާނެ ކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފެންޓަސީ ލީގުގެ ޕާޓްނަރުން ކަމުގައިވާ ވެސްޓޯ އޮންލައިން، ހައިސެންސް ބައި ރެޑްވޭވް އަދި ސޮނީ ސްޕޯޓްސް އާ ގުޅިގެން ލީގުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ވަނަ ހޯދާ 10 ފަރާތަކަށް އަގު ހުރި އިނާމްތަކެއް ދިނުމށް ޖެހިފައި ވާއިރު އޭގެތެރެއިން 1 ވަނަ ހޯދާ ފަރާތަށް ވީސްޓޯ އޮންލައިންގެ ފަރާތުން ދޭ ޕްލޭސްޓޭޝަން 5 ބްލޫރޭ އެޑިޝަން ހިމެނެއެވެ.

2 ވަނަ ހޯދާ ފަރާތަށް ހައިސެންސް ބައި ރެޑްވޭވްގެ ފަރާތުން ހައިސެންސް 65 އިންޗީގެ 4ކޭ ކިއުލެޑް ސްމާޓް ޓީވީ އަދި ސައުންޑް ބާ ހިމެނެއެވެ. 3 ވަނަ ހޯދާ ފަރާތަކަށް ސޮނީ ސްޕޯޓްސްއިން، އެޑިޑަސް ޔުނިފޯރިއާ-ޔޫރޯ 2020 އޮފިޝަލް މެޗް ބޯޅަ އަދި 1000 ރުފިޔާގެ ގިފްޓް ވައުޗާއެއް ހިމެނެއެވެ

މީގެ އިތުރުން 4 ވަނަ އިން ފެށިގެން 10 ވަނަ ހޯދާ ކޮންމެ ފަރާތަކަށް ސޮނީ ސްޕޯޓްސް އިން 500 ރުފިޔާގެ އަގުހުރި ގިފްޓް ވައުޗާއެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައި ކަމަށް އުރީދޫން ބުނެއެވެ.

ޔޫރޯ 2020 ފެންޓަސީ ފުޓްބޯލް އަކީ ޔޫރޯ 2020 ގައި ބައިވެރިވާ ގައުމީ ޓީމްތަކުގެ ކުޅުންތެރިންތަކެއް އިހްތިޔާރުކުރުމަށް ފަހު ޑްރީމް ޓީމެއް މެނޭޖްކުރުމުގެ ތަޖުރިބާ ހޯދައިދޭ ގޭމެއް ކމަސް އުރީދޫން ބުނެއެވެ. މި ގޭމުގައި ޕޮއިންޓް ލިބިގެން ދާނީ، އެ ޓީމަކަށް ނެގުނު ކުޅުންތެރިން ޔޫރޯ 2020ގައި ދައްކާ ކުޅުމަށް ބިނާކޮށް ކަމަށް ވެސް އުރީދޫން ބުނެއެވެ. ޔުއެފާ ޔޫރޯ 2020 ވެބްސައިޓް މެދުވެރިކޮށް ނުވަތަ ޔުއެފާ ގޭމްސް އެޕް މެދުވެރިކޮށް ވެސް މި ލީގުގައި ބައިވެރިވެ ކުޅެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

އުރީދޫ ފެންޓަސީ ލީގުގައި ބައިވެރިވުމަށް މި ލިންކަށް ޒިޔާރަތް ކޮށްލާށެވެ. ނުވަތަ 64OXKZRT08 ކޯޑް ބޭނުން ކުރަން އުރީދޫން ބުނެއެވެ.

މިއީ މިގޮތަށް އުރީދޫން އިންތިޒާމް ކުރާ ދެވަނަ ފެންޓަސީ ފުޓްބޯޅަ މުބާރާތެވެ. 2018 ވަނަ އަހަރު ފީފާ ވޯލްޑް ކަޕް އާ ގުޅިގެން އުރީދޫ ވޯލްޑް ކަޕް ފޯރި ފެންޓަސީ ފުޓްބޯލް ޓޯނަމެންޓް ވެސް އުރީދޫން ވަނީ ބާއްވާފައެވެ.