މިހާތަނަށް ރާއްޖެއިން ކޮވިޑް ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 39.17 ޕަސެންޓް މީހުން ވެކްސިން ޖަހާފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

މިރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މިހާތަަނަށް ރާއްޖެއިން ވެކްސިންޖެހޭ އަބާދީގެ ތެރެއިން 70.89 ޕަސެންޓް މީހުން ފުރަތަމަ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެއީ 311،740 މީހުންނެވެ. އަދި 39.17 ޕަސެންޓް މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އެއީ 172،263 މީހަކެވެ.

އެގޮތުން މިހާތަނަށް ކޮވިޝީލްޑް ވެކްސިން ޖެހި މީހުންގެ ތެރެއިން 120،160 މީހަކު ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ. އިއްޔެ ކޮވިޑް ވެކްސިން ޖުމްލަ 1375 މީހަކަށް ޖަހާފައި ވާއިރު، އޭގެތެރެއިން 207 މީހަކު ވަނީ ކޮވިޝީލްޑް ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 36 މީހަކާއި ރަށްރަށުން 160 މީހަކާއި ރިސޯޓުތަކުން 11 މީހެކެވެ.

އިއްޔެ ވެކްސިން ޖެހި މީހުންގެ ތެރެއިން 415 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 67 މިހަކާއި އަތޮޅުތެރެއިން 348 މީހެކެވެ. ދެވަނަ ޑޯޒް އިއްޔެ ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 960 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 289 މީހަކާއި އަތޮޅު ތެރެއިން 671 މީހެކެވެ.

ސެންޓްރަލް ސްޓޮކްގައި ބާކީ ހުރި ވެކްސިންގެ އަދަދުތައް ހާމަ ކުރައްވަމުން މަބްރޫކް ވިދާޅުވީ، މި ވަގުތު ކޮވިޝީލްޑްގެ ބާކީ ހުރީ 130 ޑޯޒް ކަމަށެވެ. ސިނޯފާމްގެ 66،371 ޑޯޒް ހުރި އިރު ފައިޒާ ވެކްސިންގެ ބަކީ ހުރީ 1314 ޑޯޒް ކަމަށް މަބްރޫކް ވިދާޅުވިއެވެ.