މިހާތަނަށް ރާއްޖެިން ކޮވިޑް ވެކްސިންގެ ދެވަނަ ޑޯީޒް ފުރިހަމަ ކުރި މީހުންގެ އަދަދު 171،115 އަށް އަރައިފިއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ހާމަކުރި ތަފާސް ހިސާބުތަކަށް ބަލާއިރު އިއްޔެ ކޮވިޑް ވެކްސިން ވަނީ 1401 މީހަކަށް ޖަހާފައެވެ. އޭގެތެރެއިން 2391 މީހަކަށް ވަނީ ކޮވިޑް ވެކްސިންގެ އެއްވަނަ ޑޯޒް ޖަހާފައެވެ. އެއީ މާލެ ސަަހައްދުން 105 މިހަކާއި އަތޮޅުތެރެއިން 286 މީހެކެވެ.

ދެވަނަ ޑޯޒް އިއްޔެ ޖެހި މީހުންނަށް ބަލާއިރު ޖުމްލަ 1010 މީހަކު ވަނީ ވެކްސިން ޖަހާފައެވެ. އެއީ މާލެ ސަރަހައްދުން 325 މީހަކާއި އަތޮޅު ތެރެއިން 685 މީހެކެވެ. މިއާއެކު މިހާރު ވެކްސިންގެ ފުރަތަމަ ޑޯޒް ވަނީ ވެކްސިން ޖެހޭ އާބާދީގެ ތެރެއިން 311،225 މީހަކަށް ޖަހާފައެވެ. މީގެ ތެރެއިން ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައި ވަނީ 171،115 މީހަކެވެ.

މިހާރު ކޮވިޝީލްޑް ވެކްސިން އާންމުންނަށް ޖަހައިދިނުން ހުއްޓާލާފައި ވާއިރު، ބަކީ މިވަގުތު ސްޓޮކް ގައި ހުރި ވެކްސިންގެ އިތުރަށް ރަށްރަށަށް ވެކްސިން ޖެހުމަށް ފޮނުވާފައިވާ ވެކްސިންގެ ތެރެއިން ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް އަންނަނީ ޖަހައި ދެމުންނެވެ. އެ ގޮތުން ކޮވިޝީލްޑް މިވަގުތު ޖަހައިދެމުން އަންނަނީ ސިއްހީ ހިދުމަތްތެރިންގެ އިތުރުން ބަލި ހާލަތުގެ ސަބަބުން އެޑްމިޓް ކޮށްފައިވާ މީހުންނެވެ.