ކޮވިޑް ފެތުރެމުންދާ މި ދަނޑިވަޅުގައި ގޭގައި ތިބެން ބާރު އެޅުމުގެ ގޮތުން އުރީދޫ ކަސްޓަރުންނަށް މާދަމައިން ފެށިގެން ހިލޭ ޑޭޓާ ލިބޭނެ ކަމަށް ބުނެފިއެވެ.
އުރީދޫން ވަނީ މާދަމައިން ފެށިގެން އުރީދޫ ޕޯސްޓްޕެއިޑާއި ޕްރިޕެއިޑް އަދި ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ލިބޭ މި ހާއްސަ އޮފާތަކާ އެކު، ގޭގައި ތިބެގެން އާއިލާ އާއި ރައްޓެހިންނާއި ގުޅުން ބަދަހިކޮށް، އެހެނިހެން ޑިޖިޓަލް ހިދުމަތްތައް ވެސް ބޭނުން ކުރުމުގައި ލުޔެއް ލިބިގެންދާނެ ކަމށް ބުނެފައެވެ.
އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރު ހުސެއިން ނިޔާޒް ވިދާޅުވީ ކޮވިޑްގެ ޕެންޑެމިކް ފެށުނީއްސުރެ އެ ކުންފުނީގެ ކަސްޓަމަރުންނަށާއި މުޖުތަމައުއަށް އަދި އެ ކުންފުނީގެ ޓީމަށް ވެސް އުރީދޫން ދަނީ އެކި ގޮތްގޮތުން އެހީ ފޯރުކޮށްދެމުންދާ ކަމަށެވެ. އެގޮތުން އަލަށް މި ލޯންޗު ކުރެވުނު ހާއްސަ އޮފާތަކާއެކު ލުޔެއް ލިބިގެންދާނެ ކަމަށެވެ.
މާދަމާއިން ފެށިގެން އުރީދޫން ދޭ ހާއްސަ އޮފާތައް
- ސުޕަނެޓް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 50 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
- ފަސޭހަ ބްރޯޑްބޭންޑް ކަސްޓަމަރުންނަށް 30 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
- ޕްރިޕެއިޑް ޑެއިލީ އަދި ވީކްލީ ޑޭޓާ އެޑް-އޮންސް ނަގާ ފަރާތްތަކަށް 200 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާ ލިބުން. މި އެޑް-އޮންތައް މިހާރު 'ވަރަށް ތަފާތު "'އެކު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" ގެންގުޅުއްވާ ފަރާތްތަކަށް ވެސް ލިބޭނެ
- ޕޯސްޓްޕެއިޑް މަންތްލީ ޑޭޓާ ނަގާ ފަރާތްތަކަށް 50 ޕަސެންޓާ އާއި ހަމައަށް އިތުރު ޑޭޓާސޯޝަލް މީޑިއާ އަށް، ގޭމް ކުޅުމަށް އަދި އޮންލައިން ސްޓްރީމިން އަށް ހާއްސަ ޕްރިޕެއިޑް އަދި ޕޯސްޓްޕެއިޑް ޕެކްތަކަށް 100 ޕަސެންޓާ ހަމައަށް އިތުރު ޑޭޓާ
- މާދަމާގެ ކުރިން ތިބި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ވައިބާ މެދުވެރިކޮށް ހިލޭ މެސެޖެ ފޮނުވުން
- ޕްރިޕެއިޑް ކަސްޓަމަރުންނަށް އިތުރު ޑިޕޮސިޓަކާ ނުލާ މިހާރު "އެކު ޕޯސްޓްޕެއިޑް" "ތަފާތު ޕޯސްޓްޕެއިޑް" އަދި "އާޗާ ޕޯސްޓްޕެއިޑް" އަކަށްވެސް އަޕްގްރޭޑް ކޮށްލެވޭނެ
- އާޗާ 1ޖީބީ/ޑޭ ޕްލޭންސްއަށް 2 ގުނަ ޑޭޓާ، މިގޮތުން ދުވާލަކު 2 ޖީބި ލިބިގެންދާނެމަގޭ ޕްލޭން އެކްސްކްލޫސިވް އޮފާއާއިއެކު އުރީދޫ އެޕް މެދުވެރިކޮށް 100 ޕަސެންޓް އަށްވުރެ ގިނަ ޑޭޓާ
- ފޭސްބުކް ފްލެކްސް މެދުވެރިކޮށް ހިލޭ ފޭސްބުކް ބޭނުން ކުރެވޭނެ
ކޯވިޑް-19 ޕެންޑެމިކްގެ ސަބަބުން ދިމާވެފައިވާ ދަތިތަކާއި ކުރިމަތިލުމަށް ދިވެހި ރައްޔިތުންނަށް އެކި ގޮތްގޮތުން އުރީދޫން އަންނަނީ އެހީ ފޯރުކޮށް ދެމުންނެވެ. އެގޮތުން ޕެންޑެމިކާއި ބެހޭ މައުލޫމާތް ފަތުރައި، ދިވެހި ރައްޔިތުންނަށް ދިމާވެފައިވާ ދަތި އުނދަގޫ ހާލަތްތަކުން އަރައިގަތުމަށްޓަކައި، ދިވެހި ސަރުކާރާއި، ހެލްތް ޕްރޮޓެކްޝަން އޭޖެންސީ އަދި ކަމާ ގުޅޭ އެކި ފަރާތްތަކާ ގުޅިގެން އުރީދޫ އިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު ތައާރަފް ކުރި ހާއްސަ ހިދުމަތްތަކާ ބެހޭ އިތުރު މައުލޫމާތު ހޯއްދެވުމަށް، އުރީދޫގެ މި ލިންކަށް ޒިޔާރަތްކުރުމަށް އެ ކުންފުނިން ބުނެއެވެ. އަދިގޭގައި ތިބޭ އިރު ވެސް، އުރީދޫގެ ހިދުމަތްތައް ފަސޭހަކަމާ އެކު މި ލިންކް މެދުވެރިކޮށް ލިބިގެންދާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.