މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ނައިޓް ފަޔަރިން ތަމްރީނުތަކެއް ކުރިޔަށްގެންދިޔުމަށް ނިންމައިފިއެވެ.

މި ތަމްރީނުތައް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވަނީ 01 ޖޫން 2021 އިން ފެށިގެން 03 ޖޫން 2021 އަށް އަދި 05 ޖޫން 2021 ވަނަ ދުވަހުގެ 08:00 އިން 17:00 އަށް ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ހުޅުމާލޭގެ އިރުމަތިން 07 ނޮޓިކަލް މޭލު ބޭރުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކުގައި ވައިގެ ސަރަހައްދު ބޭނުންކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ތަމްރީނުތައް ކުރިޔަށް ދާއިރު ބޭނުންކުރާނީ މެޝިން ގަން ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. މި ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 5000 މީޓަރެވެ. އަދި ވައިގެ ސަރަހައްދު ބޭނުންކުރާނެ އެނެމެ އުސްމިނަކީ 100 މީޓަރުކަމަށް ކަނޑައަޅާފައިވާއިރު އެންމެ ތިރި މިނެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ ސީ ލެވެލް އެވެ.

އެމްއެންޑީއެފް އިން ވަނީ މި ދުވަސްތަކުގައި އެ ސަރަހައްދުން ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފައެވެ.