ހުޅުމާލެ ފޭސް 2 ގައި 20000 ސޯޝަލް ހައުސިން ޔުނިޓް އިމާރާތް ކުރަން ނިންމައިފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޓެޑް ލިމިޓެޑް (އެފްޑީސީ) އިން ބުނީ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އިތުރު ހައުސިން ޔުނިޓު އެޅުމަށް އެ ކޯޕަރޭޝަންއާއި އިންޑިއާގެ އަޝޯކާ ބިލްޑްކޮން ލިމިޓެޑާ ދެމެދު ސޮއިކޮށްފައި ވާކަމަށެވެ. މި ކޮންޓްރެކްޓްގައި ސޮއިކޮށްފައި ވަނީ މޭ 27، 2021 ގައެވެ.

މި މަޝްރޫއުގެ ދަށުން ތަރައްގީ ކުރާނީ 650 އަކަފޫޓުގެ 2 ކޮޓަރީގެ 500 ޔުނިޓާއި 900 އަކަފޫޓުގެ 3 ކޮޓަރީގެ 1500 ޔުނިޓްއެވެ. 140 މިލިއަން އެމެރިކާ ޑޮލަރުގެ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ރާފައި ވަނީ އިންޑިއާގެ އެގްޒިމް ބޭންކް ގެ ލޯން އެހީގެ ދަށުން ކަމަށް އެފްޑީސީން ބުނެއެވެ.

މި ޕްރޮޖެކްޓް ހަވާލު ކޮށްފައި ވަނީ 3 އަހަރު ދުވަހުގެ ތެރޭގައި އެއްކޮށް ނިންމާ ގޮތަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނަކީ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ކުންފުންޏެއްގެ ދަށުން ކުރިއަށް ގެންދިއުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، 2019 ވަނަ އުފެއްދެވި ކުންފުންޏެކެވެ.