ކޮވިޑް ބަލި ރާއްޖޭގައި މިވަގުތު އަންނަނީ ހަލުވިކަމާ އެކު ފެތުރެމުންނެވެ. އަދި މި ބަލީގައި މަރުވާ މީހުން ވެސް އަންނަނީ ދުވަހެއް ދުވަހަކަށް އިތުރު ވަމުންނެވެ. ކޮވިޑް ބަލީގައި ފަރުވާ ހޯދާ މީހުންނަށް ލިބެމުންދާ ހިދުމަތާ ގުޅިގެން ދެ ގޮތަކަށް ވާހަކަ ދައްކަމުން އަންނަ އިރު އެއްބަޔަކު ބުނަނީ ތަފާތު ކުރުން ގިނަ ކަމަށެވެ. މައިންބަފައިންނަށް އަޅާލައި އެންމެ ފަހު ވަގުތުވެސް ހިދުމަތް ކޮށްދޭން ބޭނުންވާ އެތައް އާއިލާއެއް އަންނަނީ ޝަކުވާތައް އޮއްސަމުންނެވެ.
އެ ގޮތުން ކޮވިޑަށް ހާއްސަކޮށް ފަރުވާ ހޯދުމަށް ހުޅުމާލޭގައި ގާއިމް ކޮށްފައިވާ ހުޅުމާލެ މެޑިކަލް ފެސިލިޓީ (އެޗްއެމްއެފް) ގައި ދާދި ފަހުން މަރުވި މީހަކާ ގުޅިގެން އޭނާގެ ދަރިފުޅު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވާ ވާހަކަތަކަކީ އަސަރު ގަދަ ވާހަކަތަކެކެވެ. "ޒައު" ބުނެފައި ވަނީ އޭނާގެ ބައްޕަ އެ ބަލީގައި މަރުވެފައި ވަނީ އެޗްއެމްއެފްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށާއި އަދި އޭރު އޭނާގެ ބައްޕަ ވަނީ ވެންޓިލޭޓަރަށް ލާފައި ކަމަށެވެ.
އޭނާގެ ލޯބިވާ ބައްޕަ ކޮވިޑް ފެސިލިޓީއަށް ފަރުވާ ހޯދަން ދިޔަ ފަހުން މަރުވެފައި ވަނީ އޭނާގެ ލޮލަށް ބައްޕަ ނުފެންނަތާ 18 ދުވަސްވީ ފަހުން ކަމަށް އެ ޕޯސްޓުގައި ބުނެފައި ވެއެވެ. އެތައް ފަހަރަކު ދަރުމަވަންތަ ހޮސްޕިޓަލަށް ބައްޕަ ބަދަލު ކޮށްދޭން އެދި އާދޭސް ކުރި ކަަމަށް އެނާ ބުނެއެވެ. ނަމަވެސް ލިބުނު ޖަވާބަކީ، ބައްޕަ ފޮނުވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ބުނީ ދަރުމަވަންތައަށް ފޮނުވާ ވަރަށް ވުރެ ބަލި މީހާގެ ހާލު ރަނގަޅު ކަމަށާއި ދަރުމަވަންތައަށް ޓްރާންސްފާ ކުރަނީ ހާލު ބޮޑުވާ ބަލި މީހުން ކަމަށެވެ.
އެވަރުން ވެސް އެ އާއިލާއިން މަސައްކަތް ކުރުން ހުއްޓައެއް ނުލައެވެ. ދަރުބާރުގެއަށް ގޮސް ވެސް އާދޭސް ކުރިކަމަށް އޭނާ ބުނެއެވެ. އެތަނުން ދިން ޖަވާބަކީ ހައި ޑިޕެންޑެންސީ ޔުނިޓުގައި އޮންނަ ބަލި މީހާއަށް އެހީތެރިއަކު ނުބެހެއްޓޭނެ ކަމަށެވެ. އަދި އެއީ މިނިސްޓަރުގެ މަންމަ ކަމުގައި ވިޔަސް ވާނެ ކަމެއް ނޫން ކަމަށް ދަރުބާރުގެއިން ބުނި ކަމަށް އޭނާ ބުނެއެވެ.
ބައްޕަ އަށް ގުޅާ ފަހަރުތަކުގައި ބައްޕަ ބަނޑުހައި ވެފައި އޮންނަ ވާހަކަ ބުނާ ކަމަށް ޒައު ބުނެއެވެ. އަދި މި ޝަކުވާތަކާ ހުރެ އެހީތެރިއަކު ހުންނަން ދާން އެދި ވަރަށް ގިނަ މަސައްކަތް ކުރަން ޖެހުނު ކަމަށް ވެސް އޭނާ ބުނެއެވެ.
އޭނާގެ ބައްޕަގެ އެހީތެރިއަކަށް މީހަކު ގެންދަން ފެސިލިޓީން އެއްބަސް ނުވީ އެތަނުގައި ތިބޭ މީހުންަނަށް އަޅާ ލެވޭނެ ކަމަށް ބުނެ އެވެ. ނަމަވެސް ކުރު ނުކޮށް އެތައް ވާހަކައެއް ދައްކާ ޒުވާބު ކުރުމުން އެމީހުން އެ ފުރުސަތު ފަހުން ވަނީ ދީފައެވެ. އެހީތެރިއަކަށް އެތަނަށް ވަދެވޭ ވަރުވީ ދުވަހަކީ ޒައުގެ ބައްޕަ އައިސީޔޫއަށް ބަދަލުކުރި ދުވަސް ކަމަށާއި އޭގެ އަނެއް ދުވަހު ހާލު ސީރިއަސް ވެ ވެންޓިލޭޓަރަށް ލާން ޖެހުނު ކަމަށް ޒައު ބުނެއެވެ.
ބައްޕަ ކައިރިއަށް އެހީތެރިއަކަށް ދެވުނު އިރު ބައްޕަ ވަނީ ވަރަށް ބޮޑަށް ހިކި އަނަރޫފަ ވެފައި ކަމަށް އޭނާ ބުނެއެވެ. މޫނުމަތި ވެސް ވަނީ ފާރުވެފައި ކަމަށް ބުނެއެވެ. މި ދުނިޔެ ދޫކޮށް ބައްޕަ ދިޔައީ އެންމެ ފަހުގެ ވަސިއްޔަތް ކުރަން ވެސް ފުރުސަތު ނުލިބި ކަމަށާއި އަދި މަންމަ އާ އެންމެ ފަހު ފަހަރަށް ބައްދަލު ކޮށްލާނެ ފުރުސަތު ވެސް ނުލިބުނު ކަމަށް އޭނާ ބުނެއެވެ.
ޒައު ކުރި ޕޯސްޓްގައި ވަނީ އެއްވެސް މީހެއްގެ ބައްޕައަށް މިފަދަ ކަމެއް މެދުވެރިވާން ނޭދޭ ކަމަށް ބުނެފައެވެ. އަދި އެންމެ ފަހު ވަގުތާ ހަމައަށް ވެސް އެ ފެސިޓީގައި ތިބި މީހުންގެ ތެރެއިން އޭނާގެ ބައްޕައައް އެހީވި މީހުންނަށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފައި ވެއެވެ. މީގެ އިތުރުން މިއަދާ ހަމައަށް ވެސް ބައްޕަގެ ހާލު ބަލައި ބައްޕައަށް ހެޔޮ ދުއާ ކޮށްދިން ހުރިހާ މީހުންނަށް ވެސް ހާއްސަ ޝުކުރެއް އޭނާ އަދާކޮށްފައި ވެއެވެ.
ވެރައްދެރަ އެކަމަކުމީ ޕެންޑެމިކެއްގަ ދޯމިއުޅެނީ
ކޮލަރާގެ ދުވަސްވަރު ދެތިން ފިބާއަކާއި ޕިން ފޮށްޓަކާއި ވޯކީޓޯކީ އަކާއި ރޭޑިޔޯ ސެޓަކާ ހިފައިގެން އިނދެ މަރުޙޫމު ސައިކުރާ ނަޢީމު ކުރިވަރު މިތަޢުލީމީ ޓެކުނޮލޮޖީގެ ދުވަހުފައިސާ ހުރެ ނުކުރެވުނު.އެދުވަހު ވަޅު ތަކަށް ބޭސް އަޅާ ބަލިމީހުންނަށް ބޭސްދީ ޖޫސް ދެންޏާ ޖޫސްދީ ގަޑިން ގަޑިއަށް ބަރާބަރަށް ރައީސަށް ރިޕޯޓު ދެވުނު. ނައީމު އަތުގަ އެއްޑިގުރީއެއްނެތް.
ކަލޭތީ ސައިކުރާ ނައީމެއްނޫން
ތިޔަ ހުޅުމަާލެ ފެސިލިޓީގައި ކޮވިޑް ޖެހިގެން އަހުރެން އޮތީމެވެ. ޑޮކްޓަރުންނާއި ނަރުހުންމަދުވެ ބަލިމީހުން ގިނަވުމުން އޮތީ ހަމަ ޙަޤީޤަތުގައިވެސް އޮތީ އަޅާނުލެވިފައެވެ.
ސަރުކާރަށް ފެސިލިޓީއަށް ނަރުހުން ނުހޯދެނީތަ. މަށަށް މުސާރަ ދީފަ ފޮނުވަބަލަ އެތަނައް. އަބަދު ވޮލެންޓިއަރުން ނުލިބޭނެ.