ކޮވިޑް ޖެހިގެން އިތުރު ދެމީހަކު މަރުވެ ޖުމްލަ އަދަދު 13 އަށް އަރައިފިއެވެ.
މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ 82 އަހަރުގެ ދިވެހި އަންހެނަކާއި 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު މި ބަލީގައި މިއަދު ރާއްޖެއިން މަރުވި މީހުންގެ އަދަދު ވަނީ 13 އަށް އަރާފައެވެ. އޭގެ ތެރެއިން 10 މީހުން މަރުވެފައި ވަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދަނިކޮށެވެ.
މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެންދިޔަ 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހަކު މަރުވެފައި ވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ މިއަދު ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
ހަމައެއާއެކު މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއް ވެސް ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ.
މިއަދުގެ 8 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މެންދުރު ފަހު 2:50 ހާއިރު އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ. މިއަދުގެ 9 ވަނަ މަރަކީ 41 އަހަރުގެ ދިވެހި އަންހެނަކާއި 10 ވަނައަށް މަރުވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 86 އަހަރުގެ ޖަޕާނު ފިރިހެނެކެވެ. މީގެ އިތުރުން އައްޑޫގައި ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަތރުން މަތީގެ މީހަކުވެސް ވަނީ މަރުވެފައެވެ.
މިއީ އެއް ދުވަހެއްގެ ތެރޭގައި ކޮވިޑްގައި މިހާ ގިނަ މީހުން މަރުވި ފުރަތަމަ ދުވަހެވެ. އަދި މި މަހުގެ ތެރޭގައި މަރުވި މީހުންގެ އަދަދު 69 އަށް އަރާފައިވާއިރު، މި ބަލީގައި މިހާތަނަށް މަރުވި މީހުންގެ ޖުމުލަ އަދަދަކީ 142 އެވެ.