އަނެއްކާ ވެސް ކޮވިޑް ޖެހި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ، މަރުވެފައި ވަނީ ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 41 އަހަރުގެ ދިވެހި އަންހެނަކު މިއަދު އިރުއޮއްސި 6:48 ހާއިރު މަރުވެފައިވާ ކަމަށެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި 9 ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހަކު މަރުވެފައި ވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ މިއަދު ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ.
މީގެ އިތުރުން މިއަދުގެ 8 ވަނަ މަރު ވެފައި ވަނީވެސް ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މެންދުރު ފަހު 2:50 ހާއިރު އުމުރުން 78 އަހަރުގެ ދިވެހި އަންހެނެކެވެ.
މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 138 އަށް އަރާފައެވެ. އެއީ މި ދިޔަ އަހަރު މަރުވި 51 މީހަކާއި މި އަހަރުތެރޭ މަރުވި 87 މީހެކެވެ. މިހާތަަނށް ރާއްޖެއިން މި ބަލީގައި މަރުވެފައި ވަނީ 15 ބިދޭސީއަކާއި 123 ދިވެއްސެކެވެ.
މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު މި މަހަކީ ރިކޯޑް އަދަދަކަށް މީހުން މަރުވެފައިވާ މަހެކެވެ. މިހާތަނަށް މި މަހު ވަނީ 65 މީހަކު މަރުވެފައެވެ.