އަނެއްކާ ވެސް ކޮވިޑް ޖެހި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ދެމުން ދިޔަ މީހަކު މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ، މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހެއް ކަމަށެވެ. އޭނާއަކީ ހުޅުމާޅެ މެޑިކަލް ފެސިލިޓީގައި ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދަނިކޮށް މެންދުރު ފަހު 2:50 ހާއިރު މަރުވި މީހެއް ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. މަރުވެފައި ވަނީ 78 އަހަރުގެ ދިވެހި އަންހެނެކެވެ.
މިއީ މިއަދު ކޮވިޑް ޖެހިގެން މަރުވި 8 ވަނަ މީހާއެވެ. މިއަދު ފުރަތަމަ މަރުވެފައި ވަނީ އައިޖީއެމްއެޗްގެ އީއާރަށް ގެނެވުނު 81 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ ރޭ ދަންވަރު 02:02 ހާއިރުއެވެ. ދެވަނަ މީހަކު މަރުވެފައި ވަނީ ދަަންވަރު 03:18 ހާއިރު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުންދިޔަ 77 އަހަރުގެ ދިވެހި ފިރިހެނެކެވެ. ތިންވަނަ މީހާ މަރުވެފައި ވަނީ މިއަދު ފަތިހު 04:25 ހާއިރުއެވެ. އެއީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 58 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މީގެ އިތުރުން މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި 85 އަހަރުގެ ދިވެހި ފިރިހެނެއްވެސް ވަނީ މަރުވެފައެވެ. އަދި ޅ. ހިންނަވަރު ސިއްހީ މަރުކަޒުގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ 87 އަހަރުގެ ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ.
މިހާރު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 137 އަށް އަރާފައެވެ. އެއީ މި ދިޔަ އަހަރު މަރުވި 51 މީހަކާއި މި އަހަރުތެރޭ މަރުވި 86 މީހެކެވެ. މިހާތަަނށް ރާއްޖެއިން މި ބަލީގައި މަރުވެފައި ވަނީ 15 ބިދޭސީއަކާއި 122 ދިވެއްސެކެވެ.
މަރުވާ މީހުންގެ އަދަދު އިތުރުވަމުން އަންނަ އިރު މި މަހަކީ ރިކޯޑް އަދަދަކަށް މީހުން މަރުވެފައިވާ މަހެކެވެ. މިހާތަނަށް މި މަހު ވަނީ 64 މީހަކު މަރުވެފައެވެ.