މިއަދު ރާއްޖެއިން ކޮވިޑް19 އަށް 1559 މީހުން ޕޮޒިޓިވް ވެ އެކްޓިވް ކޭސްގެ އަދަދު 23،464 އަށް އަރައިފިއެވެ.

އެޗްއީއޯސީން ބުނީ ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 5834 ސާމްޕަލެއް ޓެސްޓް ކޮށްފައި ވާއިރު، އޭގެތެރެއިން 1559 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 1135 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 20 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 401 މީހަކާއި ލިވަބޯޑުން 3 މީހެކެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް

  • މިއަދު ޕޮޒިޓިވްވި އަދަދު: 1559
  • ކޮވިޑް އެކްޓިވް ކޭސް: 23464
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 290
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 129
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 55924
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 32322

މި މަހު ޖުމްލަ 56 މީހުން މި ބަލީގައި މަރުވެފައި ވާއިރު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަނީ 6 މީހަކު މަރުވެފައިވާ ކަމަށް ރިޕޯޓް ކޮށްފައެވެ. އެއީ މިރޭ މަރުވި އުމުރުން 78 އަހަރުގެ ދިވެހި ފިރިހެނަކާއި 68 އަހަރުގެ ދިވެހި އަންހެނަކާއި [79 އަހަރުގެ ދިވެހި އަންހެނަކާއި 62 އަހަރުގެ ދިވެހި އަންހެނަކާއި 66 އަހަރުގެ ދިވެހި ފިރިހެނެކެވެ. މި ފަސް މީހުންނަކީވެސް ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ މީހުންނެވެ. މީގެ އިތުރުން ދަރުމަވަންތަ ހޮސްޕިޓަލުގެ ޑީއެޗް 11 ގައި ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ދިވެހި ފިރިހެނެއް ވެސް މިއަދު ވަނީ މަރުވެފައެވެ.

މި މަހުގެ ކޮވިޑް ކޭސްތަކާއި މަރުވި އަދަދުތައް:

  • މެއި 22 - 1960 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 21 - 1603 ޕޮޒިޓިވް ކޭސް، 6 މަރު
  • މެއި 20 - 2194 ޕޮޒިޓިވް ކޭސް، 2 މަރު
  • މެއި 19 - 1187 ޕޮޒިޓިވް ކޭސް، 7 މަރު
  • މެއި 18 - 1465 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 17 - 1433 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 16 - 741 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 15 - 1007 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 14 - 1467 ޕޮޒިޓިވް ކޭސް، 4 މަރު
  • މެއި 13 - 1216 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 12 - 1572 ޕޮޒިޓިވް ކޭސް، 0 މަރު
ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި މީހަކަށް ފަރުވާ ދެނީ / ފޮޓޯ: އެޗްއީއޯސީ
  • މެއި 11 - 1501 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 10 - 1204 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 9 - 1091 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 8 - 590 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 7 - 766 ޕޮޒިޓިވް ކޭސް، 5 މަރު
  • މެއި 6 - 703 ޕޮޒިޓިވް ކޭސް، 3 މަރު
  • މެއި 5 - 734 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 4 - 601 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 3 - 585 ޕޮޒިޓިވް ކޭސް، 0 މަރު
  • މެއި 2 - 508 ޕޮޒިޓިވް ކޭސް، 1 މަރު
  • މެއި 1 - 402 ޕޮޒިޓިވް ކޭސް، 0 މަރު

ރާއްޖޭގައި ފުރަތަމަ ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވެފައި ވަނީ މިދިޔަ އަހަރުގެ މާޗް މަހުގެ 27 ވަނަ ދުވަހުއެވެ. ކޮވިޑް ބަލި ރާއްޖެއިން ފުރަތަމަ ފެނުނުތާ 442 ދުވަސް ވެފައިވާ އިރު މި މަހަކީ މި ބަލީގައި މިހާތަނަށް ރާއްޖޭގައި އެންމެ ގިނަ ޕޮޒިޓިވް ކޭސް އަދި މި ބަލީގައި އެންމެ ގިނަ މީހުން މަރުވި މަހެވެ. މި މަހު ޖުމްލަ 24،530 މީހުން ވަނީ ޕޮޒިޓިވް ވެފައެވެ.

ރާއްޖެއިން މި ބަލީގައި މަރުވި ދިވެހިންގެ އަދަދު މި ވަނީ 114 އަށް އަރާފައެވެ. މިހާތަނަށް މި ބަލީގައި މަރުވި 15 ބިދޭސީއަކާ އެކު މިހާރު މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 129 އަށް އަރާފައެވެ. މިދިޔަ އަހަރު 51 މީހަކު މި ބަލީގައި މަރުވެފައިވާ އިރު މި އަހަރު މަރުވި މީހުންގެ އަދަދު މިހާރު މި ވަނީ 78 އަށް އަރާފައެވެ.

މި މަހު މި ބަލީގައި މަރުވި މީހުންގެ އަދަދު މިހާރު މިވަނީ 56 އަށް އަރާފައެވެ. އަދި މިހާތަނަށް އެންމެ ގިނަ މީހުން މަރުވި ދުވަހެއް ކަމަށް ރިޕޯޓްކޮށްފައިވާ ދުވަހަކީ 7 މަރާއެކު މިދިޔަ އަންގާރަ ދުވަހެވެ. މި ވޭތުވެ ދިޔަ ހަފްތާ ތެރޭ ކޮވިޑް ޖެހިގެން މަރުވެގެން ރިޕޯޓް ކުރި މީހުންގެ އަދަދު 32 އަށް އަަރައެވެ.