މާބަނޑު މީހުންނަށް ފައިޒާ ވެކްސިން ޖަހައި ދިން ނަމަވެސް ބަލިވެ އިނުމުގެ ކުރިން ކޮވިޝީލްޑްގެ އެއް ޑޯޒް ޖަހާފައިވާ ނަމަ ފައިޒާ ވެކްސިން އެފަރާތަކަށް ޖަހައި ނުދޭނެ ކަމަށް ރައީސް އޮފީހު ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
'ދަ ޕްރެސް' އިން ކުރި ސުވާލަކަށް ޖަބާވު ދެއްވަމުން މަބރޫކް ވިދާޅުވީ، ކޮވިޝީލް ވެކްސިންގެ ފުރަތަަ ޑޯޒް ޖަހާފައިވާ މީހަކު ދެވަނަ ޑޯޒް ނުޖަހަނީސް ބަލިވެ އިނދެއްޖެ ނަމަ އޭނާއަށް ފައިޒާ ވެކްސިން ޖަހައި ނުދެވޭނެ ކަމަށް ޑޮކްޓަރުން ވިދާޅުވާ ކަަމަށެވެ.
ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭ އަދަދު އިތުރުވަމުން ދާތީ ފައިޒާ ވެކްސިން ޖަހައިދޭ ގޮތަށް މި ފަހުން ވަނީ ހަމަޖައްސާފައެވެ. އެގޮތުން ވެކްސިން ޖަހަން ބޭނުންވާ މީހުން ރަޖިސްޓާ ވުމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
މާބަނޑު މީހުންގެ ތެރެއިން ގިނަ ބަޔަކަށް ކޮވިޑް ޖެހިފައި ވާއިރު އެކަކުގެ ހާލު ސީރިއަސްވެ އޭނާއަށް ފަރުވާ ދެމުން ދަނީ ވެންޓިލޭޓަރަށް ލައިގެންނެވެ. އަދި ކޮވިޑް ޖެހޭ މާބަނޑު މީހުންގެ ހާލު ސީރިއަސްވެ ބައެއް މީހުން ބައިގެންދާ ކަމަށާއި ދުވަސް ނުފުރާ ވިހާ ކަމަށާއި އަދި ބަނޑަށް ދަރިފުޅު މަރުވާ ހާދިސާތައް ވަނީ ފެނިފައެވެ. އެގޮތުން ދުވަސް ނުފުރާ ވިހާ މީހުންގެ އަދަދު އިތުރުވާތީ ޑރ. އަހްމަދު ފައިސަލް ވިދާޅުވީ، ދުވަސް ނުފުރާ ވިހާ މީހުންގެ ރޭތް 1 ޕަސެންޓަ މައްޗަށް ދާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މާބަނޑު މީހުންގެ ހާލު ސީރިއަށް ވަމުން އަންނަ އިރު ކޮވިޝީލްޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވަނިކޮށް ބަލިވެއިން ގިނަ ބަޔަކު ރާއްޖޭގައި އެބަ ތިއްބެވެ. މާބަނޑު މީހުންނަށް ޖަހައިދޭ ހަމައެކަނި ވެކްސިން ކަމަށް ބުނާ ވެކްސިންއަކީ ފައިސާ ވެކްސިންއެވެ. ބަލިވެ އިނުމުގެ ސަބަބުން އެމީހުންނަށް ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒް ޖެހޭކަށް ނެތެވެ. އަދި ފައިޒާ ވެކްސިން ވެސް ނުޖެހޭނެ ކަމަށް އެވަނީ ބުނެފައެވެ.
ދެން ކިޔާ ތިހެން . ޢެންމެ 4 ލައްކަ މީހުންނައް ދުނިޔޭގަ ހުރި އެންމެ މޮޅު ވެކްސިން ގެނެސްދޭން ނުކެރުނު . ރޔ ހުރިނަމަ މިހެން ނުވީސް .