ކޮވިޑް ޖެހިގެން ފަރުވާ ހޯދަމުން ދިޔަ އުމުރުން 36 އަހަރުގެ ބިދޭސީއެއް މަރުވެއްޖެއެވެ.
އެޗްޕީއޭ އިން ބުނީ، އޭނާ މަރުވެފައި ވަނީ ލާމު ކޮވިޑް ފެސިލިޓީގައި ފަރުވާ ހޯދަމުން ދަނިކޮށް ރޭ ދަނަވަރު 2:00 ހާއިރު ކަމަށެވެ. އަދި މަރުވި މީހާއަކީ 36 އަހަރުގެ ނޭޕާލް ފިރިހެނެއް ކަމަށް ވެސް އެޗްޕީއޭ އިން ބުނެއެވެ.
މި މަރާއެކު މިހާރު ކޮވިޑް ޖެހިގެން މަރުވި މީހުންގެ ޖުމްލަ އަދަދު 113 އަށް ވަނީ އަރާފައެވެ.
113 މީހަކު މަރުވެފައިވާއިރު، މިިދިޔަ އަހަަރު ކޮވިޑް ބަލީގައި މަރުވެފައި ވަނީ 51 މީހެކެވެ. އެހެން ކަމުން މިއަހަރު ތެރޭ މިއަދާ ހަމައަށް މަރުވި މީހުންގެ އަދަދު ވަނީ 61 އަށް އަރާފައެވެ. މަސް ދުވަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު މި މަހަކީ ކޮވިޑް ޖެހޭ މީހުންގެ އަދަދާއި ބަލީގައި މަރުވާ މީހުންގެ އަދަދު ރެކޯޑަކަށް ވެފައި ވާ މަހެކެވެ.
އިއްޔެ ކޮވީޑް ޖެހިގެން ވަނީ 7 މީހަކު މަރުވެފައެވެ. އެއީ ދުވާލެއްގެ މައްޗަށް އެންމެ ގިނަ މީހުން މި ބަލީގައި މަރުވި ކަމަށް ރިޕޯޓް ކުރި ދުވަހެވެ. އިއްޔެ މަރުވި މީހުންގެ ތެރޭގައި އައިޖީއެމްއެޗް އީއާރަށް ގެންދިޔަ 62 އަހަރުގެ އަންހެންމީހާގެ އިތުރުން، ކުރީ ދުވަހުގެ ދަންވަރުން ފެށިގެން އިއްޔެގެ ހެނދުނާ ހަމައަށް އިތުރު 6 މީހަކު ވަނީ މަރުވެފައެވެ.
އެ 6 މީހުންނަކީ ލާމު ގަމުގައި ހުންނަ ކޮވިޑް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 87 އަހަރުގެ ދިވެއްސަކާއި 69 އަހަރުގެ ދިވެއްސެކެވެ. އައިޖީއެމްއެޗް އީއާރުގައި ފަރުވާދެމުން ދަނިކޮށް މަރުވި 73 އަހަރުގެ ދިވެއްސަކާއި ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާދެމުން ދިޔަ 51 އަހަރުގެ ބިދޭސީއަކާ 63 އަހަރުގެ ދިވެއްސަކާއި 66 އަހަރުގެ ދިވެއްސެކެވެ.