ރާއްޖޭގައި މިވަގުތު ކޮވިޑް ބަލި ހަލުވިކަމާއެކު ފެތުރެމުންދާ އިރު މި ބަލީގައި 274 މީހަކަށް ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށާއި ވެންޓިލޭޓަރުގައި މި ވަގުތު 9 މީހަކަށް ފަރުވާ ދެމުން އަންނަ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.
ކޮވިޑް ބައްޔާ ގުޅިގެން އެންމެ ފަހުގެ މައުލޫމާތު ހިއްސާ ކުރުމަށް އެޗްއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، ޖުމްލަ 14 މީހަކަށް މިހާރު އައިސީޔޫގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން އަންނަ ކަމަށެވެ. މީގެ އިތުރުން 168 މީހަކު އައިސޮލޭޝަން ފެސިލީޓީގައި ތިބި ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި 18،843 މީހަކު އެބަ ތިއްބެވެ. އަދި އޭގެތެރެއިން 274 މީހަކަށް ދަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ.
މާލެ ސަރަހައްދުގައި ކޮވިޑްގެ ހާލަތު ނުރައްކާވެފައި ވާއިރު 63 ރަށެއް މިހާރު އޮތީ ކޮވިޑް ފެނިގެން މޮނިޓަރިން އަށް ލާފައެވެ.
އެއީ ޅ. ނައިފަރާއި، އދ. މާމިގިއްޔާއި ތ. މޭވަންޑޫ އާއި ތ. މަޑިފުއްޓާއި ބ. އޭދަފުއްޓާއި ކ. ހިންމަފުއްޓާއި ކ. ގުޅި އާއި ކ. މާފުއްޓާއި އއ. މަތިވެރި އާއި ލ. މާންދޫ އާއި ލ. ގަމާއި ލ. ފޮނަދޫ އާއި ގދ. ތިނަދޫ އާއި އއ. އުކުޅަހާއި ކ. ތުލުސްދޫ އާއި ލ. ދަނބިދޫ އާއި އއ. ރަސްދޫ އާއި އައްޑޫ ސިޓީ އާއި ހއ. ދިއްދޫ އާއި ފ. ފީއަލި އެވެ. ހަމައެއާއެކު އއ. ހިމަންދޫ އާއި ކ. ގުރައިދޫ އާއި ފ. ނިލަންދޫ އާއި ލ. އިސްދޫ އާއި އދ. ފެންފުއްޓާއި ލ. މާވަށާއި ފުވައްމުލަކު ސިޓީ އާއި ށ. ޅައިމަގާއި ރ. ހުޅުދުއްފާރު އަދި ގދ. ގައްދޫ ވެސް އޮތީ ބަންދު ކޮށްފައެވެ.
މީގެ އިތުރުން ބ. ތުޅާދޫ އާއި ވ. ފުލިދޫ އާއި އދ. މަހިބަދޫ އާއި ރ. މަޑުއްވަރީ އާއި އއ. ފެރިދޫ އާއި ހދ. ކުޅުދުއްފުށި ސިޓީ އާއި ށ. ކަނޑިތީމާއި ށ. ގޮއިދޫ އާއި ކ. ކާށިދޫ އާއި ދ. ކުޑަހުވަދޫ އާއި ގއ. ދާންދޫ އާއި ޅ. ހިންނަވަރު އަދި ގއ. ގެމަނަފުއްޓާއި ދ. ބަނޑިދޫ އާއި ނ. ކެނދިކުޅުދޫ އާއި ތ. ގުރައިދޫ ދ. ހުޅުދެލި އާއި ވ. ކެޔޮދޫ އާއި، ތ. ތިމަރަފުއްޓާއި، ގއ. ވިލިނގިލިއާއި، ލ. ކަލައިދޫވެސް ހިމެނެއެވެ. އަދި އއ. ބޮޑުފޮޅުދޫ އާއި ނ. މިލަދޫ އާއި، ނ. މާޅެންދޫ އާއި، ދ. މާއެނބޫދޫ އާއި ލ. މާމެންސޫ އަދި ގދ. ވާދޫ ބ. ދަރަވަންދޫ އާއި ހއ. މުރައިދޫ އާއި، ރ. އުނގޫފާރާއި ކ. ގާފަރު ނ. ލަންދޫ ވެސް އޮތީ ބަންދު ކޮށްފައެވެ.