ކޮވިޑް ބަލީގައި މަރުވާ މީހުން އިތުރުވަމުން އަންނަ މި ދަނޑިވަޅުގައި މި ބަލީގައި ފުރާނަ ގެއްލޭ މީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ މީހުން ކަމަށް މޯލްޑިވްސް ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް އޮން އިމިއުނައިޒޭޝަންގެ ޗެއާޕާސަން ޑރ. އަހުމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ޑރ. ފައިސަލް މިހެން ވިދާޅުވީ ރޭ އެޗްއީއޯސީގެ ފަރާތުން ކޮވިޑްގެ އެންމެ ފަހުގެ މައުލޫމާތު ހިއްސާކުރުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. އޭނާ ވިދާޅުވީ، މި ވަގުތު ކޮވިޑް ބަލީގައި މަރުވާ މީހުން އިތުރުވަމުން އަންނަ އިރު ގިނައީ ދޮށީ އުމުރުގެ މީހުން ކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ގިނައީ ވެކްސިން ނުޖަހާ ތިބި މީހުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ކޮވިޑް ބަލިން ރައްކާތެރިވުމަށް ވެކްސިން ޖަހަން ފަށާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުން ފެށިގެންނެވެ. މިހާތަނަށް އައި އިރު ރާއްޖޭގައި އަންނަނީ ތިން ވެކްސިން ޖަހައިދެމުންނެވެ. އެއީ ކޮވިޝީލްޑް ވެކްސިންއާއި ސިނޯފާމް އަދި ފައިޒާ ވެކްސިންއެވެ.
ޑރ. ފައިސަލް ވަނީ ވެކްސިން ރާއްޖޭގައި ހުރި އިރު ވެކްސިން ނުޖެހުމަކީ ވަރަށް ދެރަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށިއިރު އުމުރުން ދުވަސްވީ މީހުންނަށް ހުޅުވާލައިގެން ވެކސްިން ޖަހާފައި ވަނީ ވެސް ދޮށީ އުމުރުގެ މީހުންނަށް މި ބަލީގައި ބޮޑުވަރު ވާތީ އެމީހުންނަށް އިސްކަން ދިނުމުގެ ގޮތުނަ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން ދޮށީ އުމުރުގެ މީހުން ބެލަހައްޓާ ފަރާތްތައް ނުވަތަ އެމީހުންގެ ދަރިން އެފަރާތްތައް ވެކްސިން ޖަހާފައި ވޭތޯ ބަލައި އަދި ވެކްސިން ޖެހުމުގެ ކަންކަން ހަމަޖައްސައި ދިނުމަކީ މުހިއްމު ކަމެއްގެ ގޮތުގައި ޑރ. ފައިސަލް ފާހަގަ ކުރެއްވިއެވެ. ވެކްސިން ޖެހުމަށް ވެކްސިން ސެންޓަރުތަކަށް ދެވިދާނެ ކަމަށާއި އަދި އެނދުމަތިކޮށްފައިވާ ފަރާތެއް ނަމަ އެބައެއްގެ ގެއަށް ވެކްސިން ޖަހައި ދިނުމަށް ދާނެ ކަމަށް ވެސް ޑރ. ފައިސަލް ވިދާޅުވިއެވެ. މީގެ އިތުރުން ވެކްސިން ޖެހުމަށް ސެންތަރަކަށް ދިއުމަށް ވެހިކަލް ބޭނުްނވާ ފަރާތްތަކަށް ވެހިކަލް ވެސް ފޯރުކޮށްދިނުމުގެ ކަންކަން އެޗްޕީއޭއިން ހަމަޖައްސައިދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ކޮވިޑް ބަލި ރާއްޖޭގައި ފެތުރޭ މިންވަރު އިތުރުވަމުން އަންނަ މި ދުވަސްވަރު މި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ. މިހާތަނަށް މި ބަލީގައި 103 މިހަކު މަރުވެފައި ވާއިރު މި މަހު އެކަނިވެސް 31 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި ވަގުތު މަރުވި ގިނަ މީހުންނަށް ބަލާލި ކަމުގައި ވިޔަސް ގިނައިން ފެންނަނީ އުމުރުން ދުވަސްވީ މީހުން މި ބަލީގައި ބޮޑުވަރުވެ މަރުވާ ތަނެވެ.
ދިވެހިރާއްޖެ ކީއްކުރަން، މުޅިދުނިޔޭގައި ވެސް މަރުވަމުންދާ ރޭޓް އިތުރު ނުވާއިރުގައި ތިޔަބޭފުޅާ ތިޔަދައްކާ ވާހަކަ ކިހިނެއްތޯ އަޅުގަނޑު ގަބޫލްކުރާނީ. ހަމައެކަނި އެންމެކަމެއް ތަފާތުވީ އެއީ މަރުވަމުންދާ ކޮންމެ މީހަކީ ކޯވިޑޭ ބުނެފަ ދިވެހި ރައްޔިތުންނަށް ބިރުދެއްކުން. އެނޫން އެއްވެސް ބަދަލެއް ދުނިޔެ އަކަށް ނާދޭ. އިންޑިޔާ އިން އެންމެ ދުވަހަކުން އެއްލައްކަ މީހުން މަރުވެއްޖެޔޭ ބުނީމަ އެކަން ވާންޖެހޭނީ އާންމުކޮން މަރުވާ ރޭޓް އަށް އިތުރުވާ އަދަދަކަށް އެކަމް އިންޑިޔާ އިންވެސް އާންމުކޮން މީހުން މަރުވާ ރޭޓް އިތުރު ނުވެ ހަމަ އެކަނި އައިބަދަލަކީ އާންމުކޮން މަރުވާ ހުރިހައި މީހުން މަރުވަނީ ކޯވިޑް ޖެހިގެންނޭ ބުނެ ރައްޔިތުންނަށް ބިރުދެއްކުން އެކަނި. މިއީދެން ކޮންފަދަ ބޮޑު ނުފޮއްރުއްޕާނެއްތަ؟ މި ދިވެހިރާއްޖެ އަށް ތިޔަ ބުނާ ވެކްސިނެއް އައުމުގެ މާކުރިން ދިވެހިރާއްޖޭ ގައި ހުރި އެންމެ މުސްކުޅި މީހާއަށް ތިޔަބުނާ ކޯވިޑް ޖެހިފަ މަރުނުވެ ރަނގަޅު ވެއްޖެ އެމީހާގެ މުއްސަނދި ކަމާއި ބާރުގަދަ ނުފޫޒުގަދަ ކުރީގަ 30 އަހަރުވަންދެން ވެރިކަން ކޮއްފައިވާ މީހަކައް ވީތީ. މިހާރު މުސްކުޅި ބޭފުޅުންގެ ތެރެއިން ތިޔަބުނާ ވެކްސިން ޖަހައިގެން ހުރި ސިއްހަތު ރަނގަޅު ނިކަމެތި މީހަކު ވެއްޖެއްޔާ ހަމަވަގުތުން މަރުވޭ. މިސުވާލުތަކަށް ދޭނެ ޖަވާބެއް ޑޮކްޓަރުންގެ ކިބައިގަ ނުވާނެ. ފުރިހަމަޔަށް ޖަވާބު ދެއްވައިފިއްޔާ އަނެއްދުވަހު ކޮންމެވެސް ކަހަލަ ހިޔާނާތުގެ މައްސަލަ އެއްގެ ތުހުމަތުގަ ނޫނީ ކުޑަކުއްޖަކާ ބެހުނުކަމުގަ ނޫނީ ބަދުއަހުލާގީ މައްސަލަ އެއްގަ ޑޮކްޓަރުކަމުން ޖަލު ގޮޅިޔައް ބަދަލުކޮއްލަފާނެތީ ރަނގަޅު ފުރިހަމަ ޖަވާބު ޑޮކްޓަރުންނަކަށް ވެސް ނެތް ދެވޭކަށް. ގައުމުގެ ވެެރިންތައް ބުނާ ކޮންމެ އެއްޗަކައް އާދެމަސާހިބާއޭ ބުނެ ބޯލަނބާކިޔަމަންވެ ﷲ އަށްކުރާ އަޅުކަމަށް ވުރެ އެމީހުންނަށް ކުރާ އަޅުކަން ފުރިހަމަ ކުރުން ނޫންގޮތެއް މި ޑިމޮކްރަސީގައި ނެތް. މިނޫހުންމިކޮމެންޓް ޖަހައިދޭންވެސް ބިރުގަންނާނެކަން އިނގޭ.