މިއަހަރުގެ ފިޠުރު އީދުގެ މުނާސަބަތުގައި ދިރާގުން ވަރަށް ހާއްސަ ސޯޝަލް މީޑިއާ ކޮންޓެސްޓެއް ތައާރަފު ކޮށްފިއެވެ. އެގޮތުން، މި ކޮންޓެސްގައި ބައިވެރި ވުމަށް އިންސްޓަގްރާމް، ފޭސްބުކް ނުވަތަ ޓްވިޓާ ގައި EidMomentsMv# ހޭޝްޓެގް ބޭނުން ކޮށްގެންއީދުގެ މަންޒަރުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކޮށްލާށެވެ.

މި ކޮންޓެސްގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި 5 ފަރާތެއް ހޮވަން ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ނަސީބުވެރި ފަރާތައް ސެމްސަންގް ގެލެކްސީ އެސް 21+ ފޯނެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ. އަދި ދެން ހޮވޭ 4 ފަރާތައް މުސްހަފަކާއެކު ތަސްބީހައަކާއި ރީތި މުސައްލަ އެއް ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

މި ކޮންޓެސްގައި ބައިވެރި ވެވޭނީ މޭ 13، 2021 އިން މޭ 16، 2021 ގެ 23:59 ގެ ނިޔަލަށެވެ.

މިއަހަރުގެ އީދުވެސް ގޭގައި ތިބެގެން ރައްކާތެރި ކަމާއެކު ފާހަގަ ކުރަން ޖެހުނު ކަމުގައި ވިޔަސް، އީދުގެ އުފަލާ މަޖަލުގައި އެންމެހާ ދިވެހިންވެސް ޝާމިލު ވާނެ ކަމަށް ދިރާގުން އުންމީދު ކުރަމެވެ.

ކޮވިޑް19 ގެ ހާލަތު ދުވަހުން ދުވަހަށް ބަދަލުވަމުން ދާ މި ދަނޑިވަޅުގައި އެންމެ ބޮޑު އިސްކަމެއް ދެނީ މި ދަނޑިވަޅުގައި ކަސްޓަމަރުންނާއި މުޖުތަމައަށް ޑިޖިޓަލް ހިދުމަތް ތަކުން އިތުރު ލުއިފަސޭހަތައް ފޯރުކޮށް ދިނުމަށް ކަމަށް ދިރާގުން ބުނެއެވެ.