ކޮވިޑް-19 އާ ގުޅިގެން މާލޭގައި އިއުލާނު ކޮށްފައި ވާ ކާފިއު ވަގުތުގައި ބޭރުގައި އުޅެގެން 116 މީހަކު ޖޫރިމަނާ ކޮށްފައެވެ.

މިރޭ ކުރިއަށް ދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކު އަޒީޒު ވިދާޅުވީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި މާސްކު ނާޅާ މަގުމަތީގައި އުޅެގެން 141 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން ކާފިއު ގަޑިތަކުގައި ބޭރުގައި އުޅެގެން 116 ފަރާތެއް ޖޫރިމަނާ ކޮށްފައި ވާއިރު އެގަޑިތަކުގައި ވެހިކަލް ދުއްވައިގެން 10 ފަރާތެއް ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް މަބްރޫކު ވަނީ ވިދާޅުވެފައެވެ.

ކާފިއު ވަގުތުގަިއ ބޭރުގައި އުޅުމާއި، ވެހިަކލް ދުއްވުން މަނާ ގަޑިތަކުގައި ވެހިކަލް ދުއްވުން އަދި މާސްކު ނާޅާ ބޭރުގައި އުޅުމުން ވެސް ޖޫރިމަނާ ކުރާނީ 1000 ރުފިޔާއިން ކަމަށް ފުލުހުން ބުނެއެވެ.

މާލެ ސަރަހައްދުގައި (މާލެ، ހުޅުމާލެ، ވިލިމާލެ) ރޭގަނޑު 9:00 ން ފަތިހު 4:00 އަށް ވަނީ ކާފިއު އިއުލާން ކޮށްފައެވެ. މި ގަޑީގައި މަގުމައްޗަށް ނުކުތުން ވަނީ އެޗްޕީއޭއިން މަނާ ކޮށްފައެވެ.