ކ. މާފުށިން މަރުވި މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މާފުށިން 74 އަހަރުގެ ދިވެހި ފިރިހެނަކު މަރުވެފައިވާ ކަމަށެވެ. އެމީހާ މަރުވީ 9:45 ގައެވެ. އޭގެ ފަހުން ލިބުނު ނަތީޖާ ވަނީ ޕޮޒިޓިވްވެފައެވެ.

މިއީ މިދިޔަ 24ގަޑިއިރުގެ ރިޕޯޓް ކުރި ކޮވިޑްގެ ތިންވަނަ މަރެވެ. ކޮވިޑް ޖެހިގެން ފުރަތަމަ މަރުވީ އައިޖީއެމްއެޗްގައި ފަރުވާ ދެމުން ދިޔަ 75 އަހަރުގެ އަންހެނެކެވެ. އޭނާ މަރުވީ މިއަދު ފަތިހި ހަތަރެއް ޖަހާ ކަންހާއިރެވެ. ކޮވިޑްގައި ދެވަނަ އަށް މަރުވެފައި ވަނީ ބ. އޭދަފުށީގެ މީހެކެވެ. އެއީ 85 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެއީ މި އަހަރުގެ 36 ވަނަ ކޮވިޑް މަރެވެ.

ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި ފަހުން މަރުވި މީހުންގެ އަދަދު 87 އަށް އަރާފައި ވާއިރު، މިމަހު 7 ވަނަ ދުވަހު ކޮވިޑުގައި ތިން މީހަކު މަރުވެފައިވާއިރު މިމަހު 6 ވަނަ ދުވަހު 7 މީހުން މިބަލީގައި ވަނީ މަރުވެފައެވެ.