ރައްޔިތުން މަޖިލީގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެފަދަ ހަމަލާއެއް އައިސް ދާނެ ކަމުގެ އެލާޓް ލިބިވަޑައިގެންފައިވާ ކަމަށާއި އެ ކަން، ކަމާ ބެހޭ ފަރާތްތަކަށް އަންގަވާފައި ވާނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެއެވެ.
މިދިޔަ ބުރާސްފަތު ދުވަހުގެ ރޭ ހިންގި ހާދިސާއާ ގުޅިގެން 'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން ބޮންޑޭ ވިދާޅުވީ، އެރޭ ބޮން ގޮވި އިރު އޭނާ ހުންނެވީ މާފަންނުގައި ކަމަށާއި ބޮން ގޮވި އަޑާއެކު އަވަހަށް ރައީސް ނަޝީދަށް ގުޅުއްވި ކަމަށެވެ. އެ ވަގުތު އެމަނިކުފާނު ފޯނަށް ޖަވާބު ނުދެއްވުމުން ކަމެއް ގޯސްވެއްޖެ ކަން އެނގިވަޑައިގެން ކަމަށާއި ވަރަށް އަވަހަށް ސައިކަލުގައި އެހިސާބަށް ވަޑައިގެން ކަމަށް އޭނާ ވިދާޅުވިއެވެ. އޭރު ރައީސް ނަޝީދު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާއި ސެކިއުރިޓީ މީހަކު ހޮސްޕިޓަލަށް ގެންދިއުމަށް ވެހިކަލަށް އަރުވަނީ ކަމަށް އޭނާ ވިދާޅުވިއެވެ.
ރައީސް ނަޝީދުގެ ކާރުކޮޅު ކައިރީ ހުރި ސައިކަލެއްގައި ހުރި އައިއީޑީއެއް ގޮއްވާލާފައި ވަނީ އެރޭ ރޭގަނޑު 8:27 ހާއިރު ކަމަށް ފުލުހުން ބުނެއެވެ. އަދި އެހާދިސާގައި 6 މީހަކަށް އަނިޔާވެފައި ވާއިރު ރައީސް ނަޝީދު ހޮސްޕިޓަލަށް ގެންގޮސްފައި ވަނީ 8:35 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ދެން އެރޭ ކަންތައް ވީ ގޮތް ހިއްސާ ކުރައްވަމުން ބޮންޑޭ ވިދާޅުވީ، އެ ސަރަހައްދުގައި އުޅުނު މީހަކު ފިލަން ދުއްވައިގެން ކަމަށް އެހިސާބު ފިހާރައެއްގައި ހުރި މީހަކު އޭނާ ގާތުގައި ބުނި ކަމަށެވެ. އަދި އޭނާ ދުވެފައި ދަމުން ބާ އިންޖީނު ގޭ މަގުގެ ގާ ޕެލެޓު ފުރަގަހަށް އެއްޗެއް އެއްލާލި ކަމުގެ މައުލޫމާތު ލިބިވަޑައިގެން ކަމަށާއި އެހިސާބަށް ބޮންޑޭ ވަޑައިގެން އިރު އެ ދިމާލުން އެއްޗެއްގައި ރޯވެ އެނދީމައި ދުވާ ޒާތުގެ ވަހެއް ދުވި ކަމަށް ބޮންޑޭ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ސަލާމަތީ ބާރުތަކުން އެތަން ކޯޑަން ކުރީވެސް އޭގެ ފަހުން ކަމަށެވެ.
ކަން ހިނގާ ދިޔަ ގޮތް ވިދާޅުވެ ދެއްވުމަށް ފަހު ބޮންޑޭ ވިދާޅުވީ، މި ހަމަލާއަކީ ސީދާ ރައީސް ނަޝީދު އަވަހާރަ ކޮށްލަން ދިން ހަމަލާއެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އަދި މިފަދަ އަމަލު ހިންގުމުގެ އެންމެ ބޮޑު ބޭނުމަކީ ސިޔާސީ ކަންކަމުގައި އޮތް ހިޔާލު ތަފާތުވުމާއި ކޮރަޕްޝަން ހުއްޓުވުމަށް ރައީސް ނަޝީދު ކުރައްވާ މަސައްކަތަށް ހުރަސް އެޅުމަށާއި ހަރުކަށި ފިކުރު ނައްތާލުމަށް ކުރައްވާ މަސައްކަތައް ހުރަސް އެޅުމާއި މަސްތުވާތަކެތީގެ ވިޔަފާރި ކުރުން ހުއްޓުވުމަށް ކުރައްވާ މަސައްކަތްތަކަށް އަޅާ ހުރަހެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ބޮންޑޭ ވިދާޅުވީ، ރައިސް ނަޝީދާ ދިމާއަށް އެ ހުރިހާ ކަމެއް އަންނަނީ، މަޖިލީހުން އެކި ގާނޫނުތައް ހަދާފައި ހުރި އިރުވެސް އެ ގާނޫނުތައް ތަންފީޒު ކުރަން ތިބި ވުޒާރާތަކަށް އެކަންކަން ތަންފީޒު ނުކުރެވިގެން ގޯހުން ގޯހަށް ދާތީ އެކަމާ ރައީސް ނަޝީދު އުޅުއްވާތީ ކަމަށެވެ.
ހާދިސާ އިންވެސްޓިގޭޓު ކުރަން ބޭރުގެ ޓީމެއް ގެންނަ ވާހަކައާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ، މި ވަގުތު ރާއްޖެއިން ބޭރުގެ ޓީމެއް އެ ގެންނަނީ ރައްޔިތުން އުފާ ކުރަން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މި ވަގުތު ރާއްޖޭގައި ވެސް އެފަދަ އިންވެސްޓިގޭޝަން ހިންގުމުގެ ގާބިލުކަން ހުރި ދިވެހިން ތިބި ކަމަށް ގަބޫލު ކުރައްވާ ކަމަށާއި ރަނގަޅު ގާނޫނީ ވަކީލުން ވެސް އެބަ ތިއްބެވި ކަމަށް އޭނާ ވިދާޅުވިއެވެ. މިފަދަ މަސައްކަތް ކުރުމުގެ ގާބިލުކަން ހުރި މީހުން ތިބި ނަމަވެސް އެމީހުން ފުރިހަމަ ގޮތުގައި ސިކުނޑި ބޭނުން ކުރީމައި ނޫނީ (ރަނގަޅު އިންވެސްޠިގޭޝަނެއް ހިންގާ ދައުވާ ކުރީމައި ނޫނީ) އިންޓެލިޖަންސްގެ ބައި ރަނގަޅު ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައްތި ފޯނަކުން ހައި ސެކިއުރިޓީ ފޫއަޅުވާލީމައި ހައި ސެކިއުރިޓީގެ ވާހަކަ ދައްކަން ލަދު ގަންނަ ޖެހޭނެ ކަމަށް ބޮންޑޭ ތަކުރާރު ކުރެއްވިއެވެ.
މި މައްސަލައިގައި 4 މީހަކު ބައިވެރިވާކަމަށް ފުލުހުން ބުނެއެވެ. އަދި އޭގެތެރެއިން 2 މީހަކު މިހާރު ވަނީ ހައްޔަރު ކޮށްފައެވެ. އެމީހުންގެ ވަނަވަރު މިއަދު ހާމަކޮށްފައި ވާ އިރު މި އަމަލު ހިންގުމުގައި އިސްކޮށް އުޅުނު "މައިން ސަސްޕެކްޓް" ކަމަށް ބުނެ ފުލުހުން ވަނީ މީހެއްގެ ފޮޓޯ އާންމުކޮށް އެމީހާއާ ބެހޭ މައުލޫމާތު އެނގޭ ނަމަ ހިއްސާ ކުރުމަށް އަންގާފައެވެ. (ތިރީގައި އެވަނީ މެިން ސަސްޕެކްޓް ކަމަށް ފުލުހުން ފާގަގަ ކުރި މީހާ ފާހަގަ ވާ ވީޑިއޯ އެކެވެ. މި ވީޑިއޯއަކީ ހަމަލާ ދިންތަން ފެންނަ ގޮތަށް މިއަދު ފުލުހުން ހިއްސާ ކުރި ވީޑިއޯއެވެ.)
މި މައްސަލައިގައި މިހާތަނަށް ހައްޔަރު ކުރި ދެ މީހުންނަކީ މުޖާޒު އަހުމަދު، މއ. ފޭރުގެ 21 އ އާއި ތަހުމީން އަހުމަދު ފޮޅޭމާ/ގއ ކޮނޑޭ، 32 އ އެވެ. މީގެ ތެރެއިން މުޖާޒަކީ އެ ހަމަލާ ދިން ކަމަށް ތުހުމަތު ކުރެވޭ މީހާ އާއި ސީދާ ގުޅުމެއް އޮތް މީހެއް ކަމަށް އޭސިޕީ ރިޔާޒު ވިދާޅުވިއެވެ. އަދި އެމީހުންނަކީ ކުށުގެ ރެކޯޑު އޮތް ދެ މީހުންނެވެ. އަދި އެމީހުންނަކީ ހަރުކަށި ފިކުރުގެ ބައެއް ކަމަށާއި އެ މީހުންނަކީ މީހުން މަރަން ފަސް ނުޖެހޭނެ ފަދަ ނުރައްކާތެރި ފިކުރުގެ ބައެއް ކަމަށް ސީޕީ މުހައްމަދު ހަމީދު ވިދާޅުވިއެވެ.
ބޮންޑޭ ގެ އަތެއް މީގަވާކަން ތިލިއުމުން ސާފުވޭ.
މަސްތުވާތަކެއްޗާ ދެކޮޅޭ... އެކަމައް ހިތްވަރުދޭ ގޮލައެއް
އެއްޗެއް ތަނެއްގަ ގޮވީމމމމ މަ ރައީސް ނަޝީދައްގުޅަން އެނގުނީ ކިހިނެއްބާ
ބޮންޑޭއަށް އެބަޖެހޭނޫންތޯ ރަގަޅު ފުށުން މާސްކް އަޅަން ދަސްކޮށްދޭން.
މިސްކިތު ހުޅުޖެހިމީހާ އަށް ބޮންޑޭ ވަނީތަ؟ އެގޮވިއަޑެއް މާފަންނަކަށް ނީވޭ..ބޮންޑޭއަށް އެއަޑުއިވުނީ ކިހިނެއް؟
ނޭފަތުން.
ބޮންޑާ އަށް ތިޔަކަމުގެ ވަރައްގިނަ މައުލޫމާތު ލިބިފައިވަކަން އެބަ އިނގޭ. ދެން ކީއްވެބާ ސީދާ ދިމާލައް ނުގޮސް މާދުރުދުރުން ތިޔަ އުޅުއްވަނީ ދިވެހިސަލާމަތީބާރުން.؟ ރައީސް ނަޝީދު ގެ ގެކޮޅަށް އެބޭފުޅާ އަބަދުވެސް ޒިޔާރަތް ކުރަން ޖެހޭނެކަން އޮޅިފައި ނުވާނެ ދިވެހި ސަލާމަތީބާރުތަކައް، ވީމާ ކީއްވެތޯ އެބޭފުޅާ އަބަދު ޒިޔާރަތް ކުރާ ގެކޮޅު ހުންނަ މަގުގައި ސައިކަލް ޕާކް ކުރަން ފުރުސަތު ދީފައި ވަނީ؟ ހަމަ މިހާރުން މިހާރަށް ގ.ކެނެރީގެ ހުންނަ މަގައް އެއްވެސް ދުއްވާ އެއްޗަކަށް ނުވަދެވޭނެހެން ބަންދު ކޮއްފައި ބޭއްވުމަށް ގޮވާލަން. އެއިރުން އެބޭފުޅާގެ ކާރުކޮޅައްވެސް އެބޭފުޅާގެ ގެ ކުރިމައްޗަށް މަޑުކޮއްލެވޭނެ ނޫންތޯ އެބޭފުޅާ ގެ ކޮޅަށް ވަޑައިގަންނަވާ ވަގުތުތަކުގައި.
ކެނެރީގޭ މީހުންގެ ތަރިކަ މުދާގަނޑެއްތަ ކޮބާތައެހެންމީހުންގެ ހައްގު އިގިރޭސި ވިލާތައް ގޮނޑިދުއްވަންދޭ ގައުމައްޖެހިފައޮތް ވަބާއެއް
ބޮންޑޭއަށް މިހާ ތަފުސީލު އެނގޭގޮތް ބަލަންޖެހޭ!
ބޮންޑޭ މި އުޚުއްވާގޮތުން އެހެންކަހަލަ ވަހެއް ދުވާހެން އެބަހީވޭ.
މިހެން ދެއުޅި ދިމާނުވާ ވާހަކަ ދައްކާތި ސަރީއައް ވަނީ ޖޯކަކައް