ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ރޭ ހަމަލާ ދިނުމަށް ބޭނުންކުރި ޑިވައިސް ސަލްޓަންޕާކްގައި ގޮއްވާލި ޑިވައިސްއަށްވުރެ ބާރުގަދަ ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.

މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޝަމާލް އެހެން ވިދާޅުވީ ގޮއްވާލީ އައިއީޑީ އަކީ "ކޮމަންޑް ޑިޓޮނޭޝަން" އެއް ކަމަށެވެ. އަދިި އެއީ ރިމޯޓް ކޮންޓްރޯލް ޑިވައިސްއެއް ކަމަށާއި، ބޮޑަށް ބެލޭވޭ ގޮތުގައި އެ ގޮއްވާލަފައިވަނީ ފޯނަކަށް ވުރެ ބޮޑަށް ރިމޯޓް ޑިވައިސްއެއް ބޭނުން ކޮށްގެން ކަމަށް ޝަމާލް ވިދާޅުވިއެވެ.

2007 ވަނަ އަހަރު ސަލަޓަންޕާކްގެ އައިއީޑީ އަށް ބަލާލާއިރު މި އައިއީޑީ ކޮމްޕެއާ ކުރާއިރު މިއައިއީޑީ އެތައް ދަރަޖައެއް ބާރުގަދަ އައިއީޑީއެއް ކަމަށް އަޅުގަނޑުމެން ފާހަގަކުރަން. މީއީ ހަމަލަ ވަރުގަދަ ކުުރުމަށްޓަކައި ގިނަ އަދަދަކަށް ރޭޒާ ފުށްލާފައި އައިއީޑީއެއް
ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް

ރޭގެ ހަމަލާ ދީފައިވަނީ ސީދާ ނަޝީދުގެ ފުރާނައަށް ގެއްލުންދޭން ކަމަށް ކަމަށާއި މިއީ ޓެރަރިސްޓު ހަމަލާއެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު (ސީޕީ) މިއަދު ވަނީ ވިދާޅުވެފައެވެ. އަދި މި ހަމަލާއާ ގުޅިގެން ހަތަރު މީހަކު ފާހަގަކުރެވިފައިވާ ކަމަށާއި ބޭރުގެ ފަރާތްތަކާ ގުޅިގެން ތަހުގީގު ކުރިއަށްދާ ކަމަށް ސީޕީ ވިދާޅުވިއެވެ.

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

މިހާރު ރައީސް ނަޝީދު ސާޖަރީއަށް ފަހު ވަނީ ކްރިޓިކަލް ކޮންޑިޝަނެއްގައި ކަމަށާއި އެމަނިކުފާނު ވަނީ އައިސީޔޫގައި ކަމަށް އޭޑީކޭއިން ބުނެއެވެ.