ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އެކު ސެކިއުރިޓީ ހަރަކާތްތެރިވާނީ ހަތިޔާރާ އެކު ކަމަށް ޗީފް އޮފް ޑިފެންސްް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެއެވެ.
ޝަމާލް އެހެން ވިދާޅުވީ މިރޭ އެމްއެންޑީއެފުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުންނެވެ. ޝަމާލް ވިދާޅުވީ، އެހެން އިސް ބޭފުޅުންނަށް އަރުވާ ސެކިއުރިޓީއަށް ވުރެ އެތައް ގުނައެއް މަތީ ސެކިއުރިޓީއެއް ރައީސް ނަޝީދަށް ދެއްވާ ކަމަށެވެ. ހަމައެއާއެކު ހަނގުރާމަ މަތީ ހަތިޔާރާ އެކު އަބަދުވެސް ރައީސް ނަޝީދާއެކު ސިފައިން ހަރަކާތްތެރިވާ ކަމަށް ޝަމާލް ވިދާޅުވިއެވެ.
ޝަމާލް ވިދާޅުވި ގޮތުގައި ރޭ ރައީސް ނަޝީދު ގެއިން ނިކުމެވަޑައިގަތީ އެހެން ރަށެއްގައި އޮތް ހަފްލާ އަކަށް ވަޑައިގަތުމަށް ކަމަށެވެ. އެހެންކަމުން އިއްޔެ ވެސް ރަށުން ބޭރަށް ވަޑައިގަންނަވާތީ ފާލަން ކައިރީގައި އެޑްވާންސް ޓީމެއް އޮތް ކަމަށް ޝަމާލް ވިދާޅުވިއެވެ. އަދި ވަޑައިގަންނަވާ ރަށަށް ވެސް ޓީމެއް ފޮނުވާފައިވާ ކަމަށް ޝަމާލް ވަނީ ވިދާޅުވެފައެވެ.
ރޭ ރައިީސް ނަޝިދުގެ ކާރުކޮޅޫ ކައިރީގައި އެއްޗެއް ގޮއްވާލާފައި ވަނީ ރޭ 8:30 ހާއިރު އެމަނިކުފާނު ކާރުކޮޅަށް އަރައިވަޑައިގަންވަނިކޮށެވެ. މި ހާދިސާގައި ނަޝިދުގެ އިތުރުން 5 މީހަކަށް އނަިޔާވެފައި ވީ ނަމަވެސް އެފަރާތްތަކަށް ފަރުވާ ދިނުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އޭގެތރޭގައި 3 ސިފައިންނާއި ދިވެއްސަކާއި ބިދޭސީއެއް ހިމެނެއެވެ.
މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެކިޔުރިޓީ ވަރުގަދަކޮށް، އެލާޓް ސްޓޭޓަސް މަތިކޮށްފައެވެ. އަދި ފުލުހުންގެ ހިދުމަތުގެ އެލާޓް ލެވެލް، ލެވެލް 3 އަށް މަތިކޮަށް ބޮޑު އިސްކަމެއްދީގެން ތަހުގީގުގެ މަސައްކަތް ފަށާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.