ކޮވިޑް-19 އާއި ގުޅިގެން އެޗްޕީއޭ އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅިގެން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާދަމާ އިން ފެށިގެން ހިދުމަތްދޭނީ ކޮންމެ ހޯމަ އަދި ބުދަ ދުވަހެއްގައި ކަމަށް ބީއެމްއެލް އިން ބުނެފިއެވެ.

ބީއެމްއެލް އިން ބުނީ އެގޮތަށް ހިދުމަތް ދޭނީ މާދަމާ އިން ފެށިގެން މި މަހުގެ 15 ގެ ނިޔަލަށް ކަމަށެވެ.

އެގޮތުން އެ މުއްދަތުގެ ތެރޭގައި ހިދުމަތް ދޭނީ ހެނދުނު 9:30 އިން މެންދުރު 12:00 އާ ހަމައަށް ކަމަށް ބީއެމްއެލް އިން ބުނެއެވެ.

ބީއެމްއެލް އިން ބުނީ އަސާސީ ހިދުމަތްތައް ފޯރިކޮށްދިނުމަށް ރާއްޖޭން ބޭރަށް ފައިސާ ޓްރާންސްފާ ކުރުމާއި ބީއެމްއެލް ޗެކް ޕްރޮސެސް ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތަކާއި ޖަމާކުރެވޭ ޗެކްތައް ހަފްތާ ބަންދާއި ސަރުކާރު ބަންދު ނޫން ދުވަސްތަކުގައި ޕްރޮސެސް ކުރެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ވަނީ ބުނެފައެވެ.

މާލޭ ސިޓީގައި ބޭންކިން ހިދުމަތް ހޯދުމަށް ކިއުބީ އެޕް މެދުވެރިކޮށް އޮންލައިން ނަންބަރު ނެގޭނެ ކަމަށާއި އަދި ހިދުމަތް ހޯދުމަށް ބޭންކަށް އައުމުގެ ކުރިން ކިޔުގައި މަޑުކޮށްގެން ތިބި ކަސްޓަމަރުންގެ އަދަދު ޗެކް ކުރުމަށް ބީއެމްއެލް އިން ވަނީ އެދިފައެވެ.

ބީއެމްއެލް އިން ބުނީ އެޕޮައިންޓްމަންޓަށް ދެމުންދާނެ ހިދުމަތްތައް އެކައުންޓް އޯޕެނިން ސެންޓާ، ލޯން ސެންޓަރު އަދި ބިޒްނަސް ސެންޓަރުތަކުން ހިދުމަތް ދިނުމަށް ހަމަޖެހިފާވަނީ އެޕޮއިންޓްމަންޓަށް ކަމަށާއި ބޭންކުގެ ވެބްސައިޓް މެދުވެރިކޮށް އެޕޮއިންޓްމަންޓަށް އެދި ހުށަހެޅޭނެ ކަމަށެވެ.

ބީއެމްއެލް އިން ބުނީ އެންމެ އިސްކަމެއްދެނީ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށް ކަމަށެވެ. އަދި ކަސްޓަމަރުން ގޭގައި ތިބެގެން ބޭންކިން ހިދުމަތް ބޭނުންކުރުމަށާއި، އޮންލައިންކޮށް ލިބެން ހުންނަ ހިދުމަތްތައް ބޭނުން ކުރުމަށް ވަނީ އެދިފައެވެ.