ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ފާތުމަތު ނަޒްލާ ހުންނެވީ ކަރަންޓީންގައި ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާޏުގެ ބަދަލުގައި ބައިވެރިވަޑައިގެންފައިވަނީ ރައީސް އޮފީހު ތަރުޖަމާނެވެ. ނޫސްވެރިންގެ ބައްދަލުވުން ފައްޓަވަމުން މަބްރޫކް ވިދާލުވީ މި ބައްދަލުވުމުގައި އޭނާ ބައިވެރިވެވަޑައިގަންނަވަނީ ޑރ. ނަޒްލާއަށް ބައިވެރިވެވަޑައިނުގަނެވޭތީ ކަަމަށެވެ.

އެގޮތުން ޑރ.ނަޒްލާ ވަނީ ކޮވިޑަށް ޕޮޒިޓިވްވި މީހެއްގެ ކޮންޓެކްޓަކަށް ވެފައި ކަމަށާއި އެހެންކަމުން މިވަގުތު ނަޒްލާ ހުންނެވީ ކަރަންޓިންގައި ކަމަށް މަބްރޫކް ވިދާޅުވިއެވެ.

ރާއްޖޭގައި ކޮވިޑް ޕޮޒިޓިވްވާ ކޭސްތައް އަންނަނީ އިުތުރުވަމުންނެވެ. އެގޮތުން ފައިތުވި ދެދުވަހު ރާއްޖެއިން އަލަށް ރިޕޯޓްކުރި ކޭހުގެ އަދަދު 1000 އަށް ވުރެ މަތީގައި އުޅޭ އިރު މާލޭ ސަރަހައްދުން އެކަނި ވެސް 673 އާ ކޭސް ވަނީ ރިޕޯޓްކޮށްފައެވެ.