ކޮވިޑް ކޭސްތައް އިތުރުވުމާ ގުޅިގެން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ސަރުކާރު އޮފީސްތަކުގެ މުވައްޒަފުން އަނެއްކާވެސް ގޭގައި މަސައްކަތް ކުރާގޮތަށް ހަމަޖައްސައިފިއެވެ.

މިހާރު ހެލްތް އެމްޖެންސީ އޮޕަރޭޝަން ސެންޓާ (އެޗްއީއޯސީ) އިން ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ ތަރުަޖމާނު ވިދާޅުވީ މި މަހުގެ 5 ވަަނ ދުވަހުން ފެށިގެން މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު އޮފީސްތައް ބަންދުވާނެ ކަމަށެވެ.

މީގެ ކުރިން ވެސް މިއަހަރު ކުރީ ކޮޅުވަނީ ކޮވިޑް ކޭސްތައް އިތުރުވާން ފެށުމާއެކު ސަރުކާރު މުވައްޒަފުން ގޭގައި ތިބެ މަސައްކަތް ކުރާ ގޮތަށް ހަމަޖައްސާފައެވެ. އެއީ މި ދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހުއެވެ. ނަމަވެސް ފަހުން ކޭސްތައް ދަށަށް ދާން ފެށުމުން އެޗްޕީއޭއިން ލުއިތައް ދީ ސަރުކާރު މުވައްޒަފުން ވެސް ވަނީ އޮފީސްތަކަށް ނުކުންނަން ފަށާފައެވެ.

ކޮވިޑް ކޭސްތައް އިތުރުވުމުގެ ސަބަބުން އެޗްޕީއޭއިން ފިޔަވަޅު އަލާފައި ވަނީ މި ފަހުން ކޭސްތަކުގެ އަދަދު 500 އިން މައްޗަށް ދިއުމާއެކުއެވެ. އިއްޔެ 508 މީހަކު ކޮވިޑަށް ޕޮޒުޓިވް ވެފައިވާ އިރު މިއަދު ވަނީ 585 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ.