ފ. ނިލަންދޫ ބޭރަށް ފީނަން ފޭބި މީހެއްގެ ހާލު ސީރިއަސްވެ ފަރުވާ ދޭން ފަށައިފިއެވެ.

ފުލުހުން ބުނީ އެފަދަ ހާދިސާއެއް ހިނގައިގެން އުޅޭ ކަމުގެ މައުލޫމާތު މިއަދު މެންދުރު ފަހު 3:11 ހާއިރު ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

އެ ހާދިސާގެ ހާލު ސީރިއަސްވި އުމުރުން 21 އަހަރުގެ ފިރެހެނަކު ފުލުހުންގެ ލޯންޗުގައި ނިލަންދުއަށް ގެންގޮސް ފަރުވާ ދިނުމަށް ފަހު މިހާރު މާލެ ގެނެސްފައި ވާކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފީނަން ގޮސްފައި ވަނީ ދެމީހެކެވެ. އެގޮތުން އެކަކަކީ މަސް ހިފަން އުޅުމުގެ ތެރޭގައި މަސްހިފަން ބޭނުން ކުރި ދަނގަޑު މަހަކަށް ޖަހައިގެން އެ ދަނގަޑު ގަލެއްގައި ތާށި ވެގެން ދަގަނޑު ނަގަން ދިޔަ މީހާ ކަމަށާއި، އަދި ދެވަނަ މީހާއަކީ ފުރަތަމަ ދިޔަ މީހާގެ ހަބަރު ހުސްވެގެން އެހީވާން އަޑިއަށް ދިޔަ މީހާއެވެ.

މިފަދަ ހާދިސާއެއް ހިގާފައި ވާއިރު، މިއަދު ހެނދުނު ބ. ފުޅަދޫގެ ފާލަން މަތިން މޫދަށް ފުންމާލި ގޮތަކުން ފަތުރުވެރިއެއްގެ ބޮލަށް އަނިޔާވެ މަރުވެފައިވާ ހާދިސާއެއްވެސް ވަނީ ހިނގާފައެވެ.