ކޮވިޑް-19 ޖެހިގެން 80 އަހަރުގެ ފިރިހެނަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޗަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ، އެމީހާ މަރުވެފައި ވަނީ ރޭ 11:25 ހާއިރު ކަމަށެވެ. އަދި އެއީ ހުޅުމާލެ މެޑިކަލް ހޮޕސްޓަލް ގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ 80 އަހަރުގެ ފިރިހެނެއް ކަމަށް އެޗްޕީއޭއިން ބުނެއެވެ.

މިއީ ކޮވިޑް ޖެހިގެން ރާއްޖެއިން މަރުވި 71 ވަނަ މީހާއެވެ.

ކޮވިޑް ޖެހިގެން މިހާތަނަށް ރާއްޖެއިން މަރުވެފައި ވަނީ 63 ދިވެހިންނާއި 8 ބިދޭސީންނެވެ.

ކޮވިޑް ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.