އައިޝާ ރޮނީ ކޮން ކަމަކާ ކަމެއް އަހަންނަކަށް ނޭނގެއެވެ. އަހަރެން އޮފީހަށް އައި އިރު އޮފީހުގައި އޮތީ ބޮޑު ސީން އެކެވެ. އައިޝާ ރޮނީއެވެ. އޭރު އައިޝާގެ ކައިރީގައި ބައެއް ސްޓާފުން ތިއްބެވެ. އެ ހުރިހާ ސްޓާފުންވެސް އައިޝާއަށް ހިތްވަރު ދެމުން ދިޔަ އިރު ބައެއް ސްޓާފުންގެ މޫނު މަތިން ހާސްކަން ފެންނަން ހުއްޓެވެ.
އަހަރެން އޮފީހަށް ވަނުމާއެކު، ބައެއް ސްޓާފުން އަހަންނާ ދިމާއަށް ބަލާލިއެވެ. އަހަރެން ވީ ކީއްތޯ އިޝާރާތުން އަހާލަމުން އައިޝާއާ ދިމާއަށް ހިނގައި ގަތީމެވެ.
"ކިހިނެއް ވީ...ވެއްޓުނީ!...އައިޝާ..." ޖުމްލަ ކޮށް ހުރިހާ ސްޓާފުންނަށް ސުވާލު އަމާޒު ކުރަމުން ގޮސް އައިޝާއާ އަރާ ހަމަ ވުމުން އައިޝާއަށް ގޮވާލީމެވެ. އައިޝާ ޖަވާބެއް ނުދެއެވެ. މޫނުގައި ދެއަތް އަޅާއިގެން އިނދެ ރޮނީއެވެ.
އައިޝާއަކީ، އޮފީހުގައި އުޅޭ އެންމެ ރީތި ކުއްޖާއެވެ. އަހަރެން ނޫނަސް އެހެން ފިރިހެން ކުދިންވެސް އައިޝާއަށް ހިތް ކިޔަ ކިޔައެވެ. އަހަންނަށް ހީވަނީ އެހެން މީހުންނަށް ވުރެ ބޮޑަށް އަހަރެން އައިޝާއަށް ހިތް ކިޔާހެންނެވެ. ނަމަވެސް އެ ވާހަކަ އައިޝާ ގާތުގަވެސް އަދި އެހެން މީހެއްގެ ކައިރީގައިވެސް ނުބުނަމެވެ. އަދި އޮފީހުގައި އުޅޭ އިރު އައިޝާއަށް ހިތް ކިޔާކަން ދޭހަވާ ފަދަ ގޮތަކަށްވެސް ނޫޅެވެ.
ރީތި ދެލޮލެވެ. މަޑު މުށި ކުލައިގެ ދެ ކަޅި ލިބިފައިވާ އައިޝާގެ ދެ ލޮލަކީ، އެ މޫނާ ވަރަށް ގުޅޭ އަދި ވައިޑް އޯޕަން ދެ ލޮލެވެ. އައިޝާގެ އޯވަލް ޝޭޕް މޫނުގެ ސްކިން ޓޯން އެހާ ސްމޫތެވެ. ހިމަ ދިގު ނޭފަތަކާއެކު ލިބިފައިވާ ސްޓްރެއިޓް ލިޕްސް، އައިޝާގެ ރީތިކަން އިތުރު ކޮށްދެއެވެ. ކަންހުޅީގެ ލޯލިތައް ކޯތާފަތް މައްޗާ ހަމައަށް ހުރި އިރު، ކަޅު ފަން އަދި ދިގު އިސްތަށި ގަނޑުން އެމޫނުގެ އުޖާލާކަން ސާފުކޮށް ފާޅުވެއެވެ. އަބަދުވެސް ހިނިތުން ވެފައި ހުންނަ އެ މޫނު މިއަދު އެހުރީ ރޮއިއޮރި ރަތް ވެފައެވެ.
"ދެން އައިޝާ މިއަދު ބްރޭކެއް ނަގަން ވީނު، މޭބީ ޔޫކޭން ވޮޝް ޔުއާ ފޭސް...ކޮންމެވެސް ކުއްޖަކު ދާން ވީނު އައިޝާއާ އެކީ ވޮޝް ރޫމް އަށް" އަހަރެން ބުނީމެވެ.
އައިޝާ ހިނގައިގަތެވެ. އޭނާއާއެކު ދިޔައީ ޒީން އެވެ. ޒީން އަކީވެސް ރީތި ކުއްޖެކެވެ. ހެޔޮވަރު އިސްކޮޅަކާއި ރީތި ބުރުސޫރައެއް ލިބިފައި ވާ ކުއްޖެކެވެ. އައިޝާ ވޮޝް ރޫމަށް ދިޔަ އިރު އޮފީހުގައި އައިޝާ އާ ހެދި އުޅޭ ސަލީމު މޭޒުން ދެތުވާން ތައްޔާރު ވަނީއެވެ. އާންމުކޮށް ބޭރަށް ދާއިރު ކޮމްޕިއުޓަރު އޮފްކޮށްލާފައި ދާން ބުނެފައި އޮންނާތީ ސަލީމް އެކަމާ އުޅޭތަން ފެނެއެވެ.
"ސަލީމް ކޮންތާކަށް...އަދި މާ އަވަހެއްނު ބްރޭކަށް ދާން..." އަހަރެން ސުވާލު ކޮށްލީމެވެ. ބޭނުމަކަށް ވީ، އައިޝާ ގެއަށް ދާ ގަޑީގައި ސަލީމު ނުކުތަ ނުދިނުމެވެ.
"އައިޑީ ކާޑު ޔުނިޓަށް ވަދެލަން ޖެހޭތީ...އަންނާނަން ލަހެއް ނުވާނެ" ސަލީމް ޖަވާބު ދެމުން ނުކުމެގެން ހިނގައްޖެއެވެ.
އައިޝާ ވޮޝްރޫމުން ނުކުތީ އިރުކޮޅެއްގެ ފަހުންނެވެ. އައިޝާއާއެކު ޒީން އޮފީހުން ނުކުންނަށް ހިނގައިގަތުމާއެކު އަހަރެން ގޮސް ވަނީ އަހަރެންގެ ރޫމަށެވެ.
އަހަރެންގެ ރޫމަށް އޮފީހުގެ ސީސީޓީވީ ފެންނާނެއެވެ. އަދި މަގުމަތިވެސް ފެންނާނެއެވެ. އައިޝާ ނުކުމެގެން ދިޔަތަން އަހަރެން އިނީ ސީސީޓީވީން ބަލާށެވެ. މަގުމައްޗަށް ނުކުތްތައް ބަލާލި އިރު ސަލީމް ސައިކަލު މަތީގައި އިންތަން ފެނުނެވެ. އައިޝާ އާއި ޒީން ހިނގާފައި ހިނގައްޖެއެވެ.
"ކޮބާ އޮވޭތަ..." އަހަރެން ކޮފީ ބަޑީ ޒިޔާދަށް ގުޅާލީމެވެ. ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލާފައި ރޭގަނޑު 10 ޖަހާއިރު ކޮފީއަށް އަރާނެއެވެ.
"އާނ..10 ޖަހާ އިރު ހުންނާނަން އެތާ" ޒިޔާދު ބުންޏެވެ.
ކޮފީ ބަޑީސް އާ އެކު ކޮފީގައި އިންދާ އަހަރެންގެ ފޯނުގެ ސްކްރީން ދިއްލުނީ އައިޝާގެ މެސެޖަކުންނެވެ. އަވަސް އަވަހަށް ފޯނު ބަލާލީ އެއީ އައިޝާގެ މެސެޖަކަށް ވާތީއެވެ. އައިޝާއަކީ ދުވަހަކުވެސް އެގޮތަށް މެސެޖެއް ކުރި ކުއްޖަކަށް ނުވާތީ ކުޑަކޮށް ސަޕްރައިޒް ވެސް ވިއެވެ.
"ދެޔާ އިޒް ސަމްތިން އައިވޯންޓް ޑިސްކަސް...އިފް ޓައިމް ޕާމިޓްސް.." އައިޝާގެ މެސެޖު ކުރެވެ. އަދި މެސެޖް ސާފެވެ. އަހަރެން އަވަސް އަވަހަށް ޖަވާބު ދިނީމެވެ.
"ނައު..." އަހަރެން އެހީމެވެ.
"އޮކޯ.." އައިޝާ ރިޕްލައި ކުރިއެވެ.
"ވެއާރާޔޫ...ނައު؟" އަހަރެން އެހީމެވެ.
"ހޯމް.." އައިޝާ ރިޕްލައި ކުރިއެވެ.
އަހަރެން ކޮފީ ބަޑީސް ދޫކޮށްލާފައި ދިޔަ ގޮތަށް ދިޔައީ އައިޝާމެންގެ ގެއަށެވެ. ގޭގެ ބެލް ޖަހާލުމާއެކު އައިޝާ ހުޅުވައި ދިނެވެ. މައްޗަށް އައިޝާ އުޅޭ ފްލޯއަށް އެރި އިރު، އަހަރެންގެ ހިތުގެ ވިންދު ދިޔައީ އަވަސް ވަމުންނެވެ. އައިޝާމެންގެ ގެ އެނގުނަސް އެ ގެއަަށް އަހަރެން އައި މިއީ ފުރަތަމަ ފަހަރެވެ.
އަހަރެން އެރި އިރު ދޮރުމަތީގައި އައިޝާ ހުއްޓެވެ. ރީތި ހިނިތުންވުމަކާ އެކުގައެވެ. އެ ރީތި ފަން ދިގު އިސްތަށިގަނޑު ބޯ މައްޗަށް ހުޅި ޖަހާފައި ހުރި އިރު އެ މޫނުގެ އޮމާންކަން ވަކިން ފާޅުވެއެވެ. ކަނދުރާމަތީގައި ބީހެމުން ދިޔަ އިސްތަށި ތަކުގެ އިތުރުން ފޫޅުގަނޑު ދިގު ތީރި ދެ ކަންފަތުގެ ސަބަބުން އެއީ ފަތްމިންޏެކޭ އަހަރެންގެ ހިތައް އެރިއެވެ. ހަމަ އެވަގުތު އަހަރެންގެ ހިތައް އައީ "އީވް އިން ދަ އީސްޓް" ވާހަކައެވެ.
"ކަމް...، މަންމާ މީ މާޒިން، އަހަރެންގެ ބޮސް..." އަހަރެން އެތެރެއަށް ވަނުމާއެކު އައިޝާ އަހަރެން ތައާރަފު ކޮށްދިނީ އޭނާގެ މަންމައަށެވެ. އަހަރެންވެސް ކިހިނެއްތޯ އަހާ، ހާލު އަހުވާލު އޮޅުން ފިލުވާލީމެވެ.
އައިޝާ އަހަރެން ގޮވައިގެން ގޮސް ބޭންދީ ސިޓިންރޫމުގައި ހުރި ސޯފާގައެވެ. އަދި ކޮފީ ބޭނުންތޯ އަހާ މީރު ކޮފީތައްޓެއްވެސް ގެނެސްދީފިއެވެ.
"ކޮބާ އައިޝާގެ ކޮފީ..." އަހަރެން އަހާލީމެވެ.
"ނުބޮން ކޮފީއެއް" ކުރުކޮށް އެއް ނޭވައިން އައިޝާ ބުންޏެވެ.
"ދެން ކޯއްޗެއް ބޮނީ...ފެން...ޖޫސް...ކުރުނބާ..." އަހަރެން ކޮންފަޓަބަލް ވެލުމުގެ ގޮތުން ބޮޑު ލިސްޓެއް ކިޔާލީމެވެ. އައިޝާ ހީނލިއެވެ.
އައިޝާގެ އެ ހިނިތުންވުން އަހަރެންގެ ހިތް ކަތިލިއެވެ. ހިތުގެ އެންމެ ހިމަ ނާރުގައި ވިކާލިހެން ހީވިއެވެ. އެވަގުތު ހިތައް އައީ ކުރިން އަހަރެން ކިޔާފައި އޮތް ލަވައެއްގެ ތަންކޮޅެކެވެ.
"މޭގެ ފުން ވިންދުގައި ރާޅު ބާނީ ލަނީ....ލޯބި ދޭށޭ ހިތާ..."
"ދެން އައިޝާ އެއްވެސް އެއްޗެއް ނުބޮއެ މާޒިން އެކަނި ބުއީމަ..." އަހަރެން ޝަކުވާ ކޮށްލާ ގޮތަކަށް ބުނީމެވެ. އެއާއެކު އޯކޭ އެބަ އަންނަމޭ ކިޔާފައި ގޮސް އިރުކޮޅަކުން ކޮފީ ތައްޓެއް ހިފައިގެން އައިސްފިއެވެ.
"ދެޓްސް ލައިކް އަ ގުޑް ގާލް..." އަހަރެން އައިޝާއަށް ހިތްވަރު ދެމުން ބުނެލީމެވެ. އައިޝާ ހިނިތުން ވަމުން ކޮފީ ހިފައިގެން ހިނގައި ގަތީ ބެލްކަންޏަށެވެ. އަހަރެންވެސް ކޮފީތަށި ނަގައިގެން އައިޝާ ފަހަތުން ހިނގައި ގަތީމެވެ. ބޭނުންވީ ސޯފާގެ މާހައުލު ބަދަލު ކޮށްލާށެވެ.
"ވައު...މުޅި މާލެ ފެނޭ ދޯ މިތަނަށް...ލުކް އެ ދިޔައީ ޝޫޓިން ސްޓާއެއް...ޑިޑް ޔޫ ވިޝް، ޑިޑް ޔޫ.." ބެލްކަނިން މުޅި މާލޭގެ އަލިތައް ބްރިޖާއެކު ފެންނަ އިރު، ހަމަ އެވަގުތު ބްރިޖާ ދިމާއަށް އޮއްސިއްގެން ދިޔައީ ޝޫޓިންސްޓާއެކެވެ. ވިޝް އެއް ކޮށްލާނެ ހާ ވަގުތު ނުލިބި ދިޔަޔަސް އަހަރެންގެ ވިޝް އެ ހުރީ ކައިރީގައެވެ. އެއީ އައިޝާއެވެ.
"ނޯ...ވިޝް އެއް ނުކުރެވެނީސް އެ ދިޔައީ..." އައިޝް ބުންޏެވެ.
އަހަރެން ވާހަކަ މެދުކަނޑާލާފައި ފެށީމެވެ. މިއަދު އޮފީހުގައި ރުއީ ކީއްވެތޯ އެހީމެވެ. އައިޝާ އަހަރެން ގެންދިޔައީ އެކަމާ ކަން އެނގޭތީއެވެ. އައިޝާ ވާހަކަ ފެށީ ސީދާ ޕޮއިންޓުންނެވެ.
"އައި އޭމް ސިންގަލް ނައު...ހީ ބިޓްރޭޑް މީ..." އައިޝާ ބުންޏެވެ. އެއީ ޒަމީރުގެ ވާހަކަ އެވެ. އައިޝާ ރައްޓެހިވެގެން އުޅުނު ޒަމީރުގެ ވާހަކަ އެވެ.
"ވައި...ބިޓްރޭޑް" އަހަރެން ސުވާލު އުފައްދާ ގޮތަށް އެހީމެވެ.
ހުރިހާ ވާހަކައެއް އައިޝާ ކިޔައި ދިނެވެ. އަލިފުން ޔާއަށް ކަން ވީގޮތް ކިޔައި ދިނެވެ. އައިޝާ ފެންކަޅި ވުމުން، އަހަރެން އައިޝާ އާ ކައިރިވެލައިފާ އައިޝާގެ ލޯ ފުހެލަ ދިނީމެވެ.
"އޭރުވެސް އައި ޓޯލްޑް ޔޫ ޒަމީޒު އިޒް ނޮޓް ދަ ޕާފެކްޓް ގައި ފޯ ޔޫ..." އައިޝާ އެތައް ފަހަރަކު ޒަމީޒުގެ ވާހަކަ އަހަންނަށް އޮތީ ކިޔައި ދީފައި ކަމުން ޒަމީރަކީ ކަމުދާ މީހެއް ނޫންކަމަށް އަހަރެން އަނެއްކާވެސް ބުނީމެވެ.
"ބަޓް ޔޫ ޑިޑްންޓް ލިސިންޓު މީ..." އަހަރެން ބުނީމެވެ.
އަހަރެން އެހެން ބުނުމާއެކު އައިޝާ އަހަންނަށް ފުރަގަސް ދީ އެނބުރި ލިއެވެ. އަދި މާލޭގެ މަލަމަތިން ފެންނަމުން ދިޔަ އަލި ތަކަށް ބަލަން ހުއްޓެވެ. އަހަރެން ގަސްދު ކުރީ އެވަގުތުގެ ބޭނުން ފުރިހަމަ އަށް ކުރާށެވެ. އަދި އެއްވެސް ޖެހިލުމެއް ނެތި އައިޝާގެ ކުރިމައްޗަށް ލޯބި ބަންޑުން ކޮށްލައިފީމެވެ.
"ވިލް ޔޫބީ މައި ވެލަންޓައިން..." އަހަރެން އަހައިފީމެވެ.
"އައި ވޯންޓް ޓު މެރީ،،" އައިޝާ ހުރީ އަހަރެން ހުރި ހިސާބަކު ނޫނެވެ. ހަރުފަތެއް މަތީގައެވެ. އައިޝާ ބޭނުންވީ ސީދާ މެރީ ކުރާށެވެ.
"ރިއަލީ..." އައިޝާ އެހެން ބުނުމުން އަހަރެން ސަޕްރައިޒް ވިއެވެ. އެކަމަކު އެއީ އަހަރެންވެސް އަސްލު އެދިއެދި ހުރި ގޮތެވެ. އޮފީހުގައި 5 އަހަރު ވީ އިރު އެތައް ގޮތަކުން އަހަރެން ދެމުން ދިޔަ ހިންޓު ތަކުގެ ބޭނުމަކީވެސް އެއީއެވެ. ފަހަރުގައި އެ ހިންޓުތައް އައިޝާއަށް ވެސް އެނގެނީއެވެ. އެހެންވީމާ އަހަރެންގެ ހިތުގައި އޮންނާނެ އެއްޗެއް އެނގުނީއެވެ.
އުފަލުން އަހަރެން އައިޝާގެ އަތުގައި ހިފާ ގަޔާ ކައިރި ކޮށްލީމެވެ. އެލޯބި ނިޔަނެތި މޫނާ މޫނު ކައިރިކޮށްލީމެވެ. އެކަކު އަނެކެއްގެ ހޫނު އިހުސާސް ވާހާ ކައިރި ވެލީމެވެ. އެ ރީތި ކަންފަތް ބުޑުގައި އަހަރެން ބުނީމެވެ.
"އައި ލަވް ޔޫ.."
- ނިމުނީ -
ނަލަނަލަ
މަށަށް އިނޣޭ އޭރުވެސް މަ ރީތިކަން. އެކަމަކު މަށަށް ލަނޑެއްނު ތި ދިނީ