މިއަދު 203 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

ވޭތުވެ ދިޔަ 24 ގަޑިއިރުގެ އަދަދުތައް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 115 މީހަކާއި، ހިންގަމުން ދާ ރިސޯޓުތަކުން 18 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 80 މީހެއް ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓް:

މިއަދު ޕޮޒިޓިވްވި އަދަދު: 203

ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވާ މީހުންގެ އަދަދު: 60

ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 26،348

ކޮވިޑް އެކްޓިވް ކޭސް: 2678

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 23،591

ކޮވިޑް މަރުގެ ޖުމްލަ އަދަދު: 70

ވޭތުވެ ދިޔަ 24 ގަޑި އިރުގެ ތެރޭގައި 3238 ސާމްޕަލެއް ވަނީ ޓެސްޓް ކޮށްފައެވެ. އެޗްޕީއޭއިން ރެންޑަމް ސާމްޕަލް ނެގުން މިހާރުވެސް މާލޭއާއި އަތޮޅުތަކުގައި ކުރިއަށް ގެންދެއެވެ. އަދި ކޮވިޑް ކޭސްތަކެއް ފެނިގެން ތ. އަތޮޅުގެ 6 ރަށެއް މިހާރު ވަނީ މޮނިޓަރިންގެ ހާލތަަށް ބަދަލުކޮށްފައެވެ.

ކޮވިޑްގެ މި ހާލަތުގައި މާލެ ސަރަހައްދުގައި ރައްކާތެރި ކަމަށް އެޅި ފިޔަވަޅުތަކަށް އެޗްޕީއޭއިން ވަނީ ލުއި ދީފައެވެ. އެގޮތުން ކެފޭ/ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓޭ ވަގުތު އިތުރުކޮށް ވެހިކަލް މަނާ ވަގުތު ވަނީ އުވާލާފައެވެ. އަދި މިހާރު ސުކޫލުތައް ވެސް ވަނީ ފަށާފައެވެ. އަދި މިމަހު އެއް ވަނަ ދުވަހު ވަނީ ކާފިއު އުވާލާ ގިނަ ލުއިތަކެއް ދީފައެވެ.

ރޯދަ މަހު ލުއިތައް ދިނުމާއެކު މާލެ ސަރަަހއްދުގައި ގިނަ ބަޔަކު ހަވީރު ފިންޏަށް ބުރު ޖަހަން ނުކުމެ އުޅޭ އިރު މަޑި އެުވުމަށް ކުޑަކުދިން ގޮވައިގެން ދަރުބާރުގެ ބިއްދޮށޫގައިވާ ހުސްބިމަށް ގިނަ ބަޔަކު ގިސް އުޅޭ ތަން ފެނެއެވެ. އަދި ރެސްޓޯރަންޓްތަކުގައި ރޯދަ ވީއްލުމަށް ބުކިން ހަދައިގެން ދާ މީހުން ވެސް އަންނަނީ މި ދަނޑިވަޅުގައި އިތުރު ވަމުންނެވެ.