ކޮވިޑް-19 ގައި 82 އަހަރުގެ މީހަކު މަރުވެއްޖެއެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު 11:12 ހާއިރު އުމުރުން 82 އަހަރުގެ ދިވެހި އަންހެނަކު ކޮވިޑް ޖެހިގެން މަރުވެފައި ކަމަށެވެ. އަދި އޭނާ މަރުވެފައި ވަނީ ދަރުމަވަންތަ ހޮސްޕިޓަލްގެ ޑީއެޗް11ގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ދަނިކޮށް ކަމަށް ވެސް އެޗްޕީއޭއިން މައުލޫމާތު ދެއެވެ.

ކޮވިޑް ޖެހިގެން ރާއްޖެއިން މިހާތަނަށް 68 މީހަކު ވަނީ މަރުވެފައެވެ. އެއީ 60 ދިވެހިންނާއި 8 ބިދޭސީންނެވެ. މަރުވި ބިދޭސީންގެ ތެރޭގައި ހިމެނެނީ ބަންގްލަދޭޝްގެ 6 މީހަކާއި ފިލިޕީންސް މީހެކެވެ.

ކޮވިޑް ބަލީގައި މަރުވަމުންދާ މީހުންގެ އަދަދު އިތުރުވަމުންދާއިރު ކޮވިޑުން ރައްކާތެރިވުމަށް ރާއްޖޭގައި ދޭން ފަށާފައިވާ ކޮވިޝީލްޑް ވެކްސިން ދިން ފަހުން ވެސް ވަނީ 2 މީހަކު މަރުވެފައެވެ. އެއީ އުމުރުން 93 އަހަރުގެ މީހަކާއި އޭނާގެ އަންހެނުންނެވެ. އޭނާގެ އަންހެނުންނަ ނަކީ އުމުރުން 81 އަހަރުގެ އަންހެނެކެވެ.