މި ރޯދަ މަހު އެސްޓީއޯގެ ފިހާރަތައް ހުޅުވާފަ ހުންނަ ގަޑިތައް އެ ކުންފުނިން އާންމުކޮށްފިއެވެ.
އެސްޓީއޯއިން ވަނީ އެސްޓީއޯ ހޯމް އިމްޕްރޯވްމަންޓާއި، އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓާއި އަދި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ ހޯލްސޭލް ސެންޓަރު ހުޅުވާ ގަޑިތައް އާންމު ކޮށްފައެވެ.
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕާ މާޓް މި ރޯދަ މަހު ހުޅުވާނީ:
- ހުކުރު ދުވަސް ފިޔާވާ އެހެނިހެން ދުވަސްތައް: ހެނދުނު 10:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް
- ހުކުރު ދުވަސްތައް: މެންދުރު ފަހު 2:00 އިން ހަވީރު 4:00 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް މި ރޯދަ މަހު ހުޅުވާނީ:
- ހުކުރު ދުވަސް ފިޔާވާ އެހެނިހެން ދުވަސްތައް: ހެނދުނު 10:00 އިން މެންދުރު ފަހު 3:30 އަށް އަދި ރޭގަނޑު 8:30 އިން 11:00 އަށް
- ހުކުރު ދުވަސްތައް: ރޭގަނޑު 8:30 އިން 11:00 އަށް
އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓްގެ ހޯލްސޭލް ސެންޓަރު މި ރޯދަ މަހު ހުޅުވާނީ:
- ހުކުރު ދުވަސް ފިޔާވާ އެހެނިހެން ދުވަސްތައް: ހެނދުނު 10:00 އިން މެންދުރު ފަހު 3:00 އަށް
- ހުކުރު ދުވަސްތައް: ބަންދު
ރޯދަ މަހު އެސްޓީއޯގެ ފިހާރަތައް ހުޅުވާފައި ހުންނަ ގަޑިތައް އާންމުކޮށްފައިވާ އިރު ރޯދަ މަހުގެ ފުރަތަމަ ދުވަހު އެސްޓީއޯ ހޯމް އިމްޕްރޯވްމަންޓް ވަނީ ވިޔަފާރި ނުކުރެވޭ ގޮތަށް ބަންދު ކޮށްފައެވެ. ނަމަވެސް އެސްޓީއޯ ސުޕަމާޓް ވަނީ ހުޅުވައިގެން ފުރަތަމަ ދުވަހު ވެސް ވިޔަފާރި ކޮށްފައެވެ.
މި އަހަރު ރޯދަ މަހަށް ހާއްސަކޮށް އެސްޓީއޯއިން އަންނަނީ ހާއްސަ ޕްރޮމޯޝަނެއް ވެސް ހިންގަމުންނެވެ. އެގޮތުން 500 ރުފިޔާއިން މަތިން ކުރާ ވިޔަފާރިއަކަށް ކޫޕަނެއް ދޭ ގޮތަށް ހަމަޖެހިފައިވާ އިރު އެ ކޫޕަނެއް މެދުވެރިކޮށް އަގު ހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
ހަމައެއާއެކު މި ރޯދަމަހަށް ހާއްސަކޮށް އަލުވި ފިޔާ ބިސްފަދަ ތަކެތި ވަނީ އަގު ހެޔޮވެސް ކޮށްފައެވެ. އެގޮތުން ފިޔާ ކިލޯއެއް 9.50 ރުފިޔާއަށް، ފިޔާ ބަސްތާއެއް 200 ރުފިޔާއަށް އެސްތީއޯއިން ލިބޭނެއެވެ. އަލުވި ކިލޯއެއް 9 ރުފިޔާ ވިއްކާއިރު އަލުވި ބަސްތާއެއް 185 ރުފިޔާއަށް އެސްޓީއޯ އިން ލިބޭނެއެވެ. އަދި ބިސް ކޭހެއްގެ 265 ރުފިޔާއަށް ލިބޭނެ ކަމަށާއި ވަކިން ބިހެއްގެ އަގު އުޅެނީ 4.40 ރުފިޔާއަށެވެ.