އިންތިހާބާ ބެހޭ މަރުކަޒު ބާ ޖަމާލުއްދީނަށް ރައީސް ނަޝީދު ވަޑައިގެން އެބަ އުޅުއްވައެވެ. އޭނާ އެތާ އުޅުއްވަނީ ކޮން ބޭނުމެއްގައިކަން އަދި ސާފުވާ ގޮތެއް ނުވެއެވެ. ހަމަ މިއާއެކު އިދިކޮޅު ޕީޕީއެމްއާއި ޕީއެންސީން ގެންދަނީ ބާޖަމާލުއްދީންގައި މުޒާވަރާ ކުރަމުންނެވެ.
މިކަމާ ގުޅިގެން އިލެކްޝަން ކޮމިޝަންގެ ބަހެއް ހޯދުމަސް އެ ކޮމިޝަން ގެ ރައީސް އަހުމަދު ޝަރީފަށް ގުޅުމުން ފޯނަށް ޖަވާބު ދެއްވާފައެއް ނުވެއެވެ. އަދި މެސެޖު ކުރުމުން މެސެޖަށްވެސް ޖަވާބެއް ނުދެެއްވިއެވެ.
މައުލޫމާތު ލިބިފައި ވާގޮތުގައި، ވޯޓާ ބެހޭ މަރުކަޒު ދޮށަށް މީހުން އެއްވެފައި ތިއްބާ ހަމަ ނުޖެހުމަކަށް ބަދަލުވެގެން ދިޔައީ، އެ ސަރަހައްދަށް އެމްޑީޕީގެ ރައީސް ރައީސް ނަޝީދު ވަޑައިގެން ބާ ޖަމާލުއްދީނަށް ވެދެވަޑައިގަތުމުންނެވެ.
ރައީސް ނަޝީދާއެކު، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި، އޭނާގެ ފިރިކަލުން އަހުމަދު ޝާހިދު (ސާބެ) އާއި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒު (ޝިއްޕެ) ވެސް ވަޑައިގަތެވެ.
ރައީސް ނަޝީދު ބާޖަމާލުއްދީނަށް ވަޑައިގަތުމާއެކު، އެ ސަރަހައްދަށް އެއްވެފައި ތިބި އާންމުން ރުޅި ގަދަވެ އަރައިގެންފައި ވާއިރު، ބާ ޖަމާލުއްދީނުގައި ޕީޕީއެމް/ ޕީއެންސީގެ އިސް މެންބަރުންވެސް އެބަ އުޅުއްވައެވެ. އެގޮތުން ހުޅުމާލެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއާއި، އިދިކޮޅު ޓިކެޓުގައި ކައުންސިލްތަކަށް ވާދަކޮށް ހޮވިވަޑައިގެންނެވި ބައެއް އެހެން މެންބަރުންވެސް އެބަ ތިއްބެވިއެވެ.
އިލެކްޝަންގެ އޮފިޝަލެއްގެ ފަރާތުން މައުލޫމާތު ލިބޭ ގޮތުގައި، އެ ބޭބޭފުޅުން ބާޖަމާލުއްދީނަށް ވަޑައިގަތީ، ވޯޓު ގުނުމުގެ މަސައްކަތްތަކެއް ހިނގާތީއެވެ. އެގޮތުން އެމްޑީޕީން ބޭނުންވަނީ މާލެ ސަރަހައްދުގެ 4 ފޮއްޓެއްގެ ވޯޓު އަލުން ގުނަން ކަމަށާއި، ޕީޕީއެމްއެމް އިން އެގޮތް ބޭނުން ނުވާ ކަމަށެވެ. އީސީ އޮފިޝަލް ވިދާލުވީ 18 ފޮއްޓެއްގެ ވޯޓު އަލުން ގުނާ ކަން އީސީން އޮންނާނީ ކުރިން އިއުލާން ކޮށްފައި ކަމަށެވެ.
މިކަމާ ގުޅިގެން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ރައީސް ނަޝީދު އުޅުއްވަނީ ވޯޓު އަޮޅުވާލައްވަން ކަމަށާއި، އެފުރުސަތު ނުދެއްވާނެ ކަމަށެވެ.
މިއެއްޗެހިންނަކަށް ރޯދައެއް އީދެއް ނޯވެޔޭ.... ގައުމު ފަސާދަ ވެއްޖެ...