ލޯކަލް ކައުންސިލް އިންތިހާބަށް ސްރީ ލަންކާ އަދި އިންޑިއާގައި ބަހައްޓާފައިހުރި ފޯޓު ފޮށިތަކަށް ވޯޓުލާން ފަށައިފިއެވެ.

މި އިންތިހާބުގައި ޖުމްލަ 713 ފޮއްޓަކަށް ވޯޓުލާން ހަމަޖެހިފައިވާއިރު ލަންކާގައި ހަތަރު ފޮށި އަދިި އިންޑިއާގައި އެއް ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

އޭގެ އިތުރުން މާލެ، ހުޅުމާލެ ވިލިމާލެގައި 242 ވޯޓު ފޮށި ބަހައްޓާފައިވާއިރު އަތޮޅުތައް، ކުޅުދުއްފުށި ސޮޓީ، ކުޅުދުއްފުށި ސިޓީ އަދި އައްޑޫ ސިޓީގައި 325 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އަދި ރިސޯޓުތަކުގައި 137 ވޯޓު ފޮށި އަދި ޖަލުގައި 4 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ. އެއީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރަކާއެި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރުންނެވެ.