މިއަދު މުޅި ރާއްޖޭގައި ކުރިއަށް ގެންދާ ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިހާބުގައި 195 ވޯޓު ފޮށީގެ ވޯޓުލުން އަދި ނުފެށޭ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިހާތަނަށް 518 ފޮށީގެ ވޯޓުލުން ފަށާފައިވާއިރު 195 ފޮއްޓަށް ވޯޓުލާން ފަށާފައި ނުވަނީ އޭގެ ތެރެއިން ގިނަ ފޮއްޓަށް ވޯޓުލާނެ މީހަކު ނެތުމުގެ ސަބަބުންނެވެ.

މި އިންތިހާބުގައި ލޯކަލް ކައުންސިލްތަކަށް 2234 ކެންޑިޑޭޓުން ކުރިމަތި ލާފައިވާއިރު، އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް 1580 ކެންޑިޑޭޓުން ވަނީ ކުރިމަތިލާފައެވެ.

އިންތިހާބުގެ ވޯޓުލުން ކުރިއާށް ދާއިރު، އިންތިހާބަކާ ނުލާ ބައެއް މެންބަރުން ވަނީ ހޮވިފައެވެ.

އެގޮތުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ 31 ދާއިރާއަކަށް 90 މެންބަރުން އިންތިހާބު ވެފައިވާއިރު، ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގެ 22 މަގާމަކަށް 30 މެންބަރުން އިިންތިހާބު ވަނި އިންތިހާބު ވެފައެވެ.