މިއަދު ޖުމްލަ 132 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 56 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 22 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 54 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 132
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 82
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 25،436
  • ކޮވިޑް އެކްޓިވް ކޭސް: 3084
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 22،276
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67

މި ބަލީގައި މަރުވި މީހުންގެ އިތުރުން މި ބައްޔަށް ޕޮޒިޓިވް ވި 9 މީހަކު ވަނީ މަރުވެފައެވެ. ނަމަވެސް އެ މީހުން މަރުވީ ކޮވިޑް ޖެހިގެން ނޫން ކަމަށް ވަނީ ނިންމާފައެވެ.