ދިރާގު ފައިބަރ ބްރޯޑްބޭންޑް ހިދުމަތަށް އަލަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދަމުންދާ ޕްރޮމޯޝަން މި މަހުގެ 14ގެ ނިޔަލަށް އިތުރު ކޮށްފިއެވެ.
ދިރާގުން ބުނީ އެ ޕްރޮމޯޝަންގައި ދިރާގު ފައިބާ ކޭބަލް އެއް އަޅާފައިވާ ބިލްޑިންގްތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް ދިރާގު ފައިބާ ބްރޯޑްބޭންޑްގެ ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ރައުޓަރ އިން 50 ޕަސެންޓްގެ ޑިސްކައުންޓްވެސް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ދިރާގު ފައިބާ ކޭބަލެއް ނެތް ބިލްޑިންގް ތަކުގައި ދިރިއުޅޭ ކަސްޓަމަރުންނަށް އެ ޕްރޮމޯޝަންގެ ދަށުން 50 ޕަސެންޓްގެ ޑިސްކައުންޓް ކަނެކްޝަން ފީ އިން ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.
އެ ހިދުމަތާ ގުޅޭގޮތުން ދިރާގު މެނޭޖަރު ކޮންސިއުމާ ޕޯސްޓްޕެއިޑް އަދި އެފްބީބީ ޖަނާ އިބްރާހިމް ވިދާޅުވީ އެ ޕޮރޮމޯޝަން އަށް ކަސްޓަމަރުންގެ ފަރާތުން ލިބެމުންދާ ތަރުހީބު ބޮޑުވުމުގެ ސަބަބުން ބޭނުންވީ ވީހާވެސް ގިނަ ކަސްޓަމަރުންނަށް ދިރާގުގެ ނެޓްވޯކާ ގުޅި، ރާއްޖޭގެ އެންމެ ހަލުވި އަދި އެންމެ ބޮޑު އެލަވަންސް ލިބޭ ޕެކޭޖްތަށް ތަޖުރިބާ ކޮށްލުމުގެ ފުރުސަތުު ފަހި ކޮށްދިނުން ކަމަށެވެ.
ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް އަދި 64 ރަށަށް އެ ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.