ރެންޑަމް ސާމްޕަލެއް ޕޮޒިޓިވްވެ ތ. ވިލުފުށި މޮނިޓަރިންއަށް ލައިފިއެވެ.

ވިލުފުށީ ކައުންސިލުން ބުނީ އެ ރަށުން ނެގި ރެންޑަމް ސާމްޕަލެއް ކޮވިޑަށް ޓެސްޓުކުރުމުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެ ކޭސްއާ ގުޅިގެން އިއްޔެ އެރަށް މޮނީޓަރިންގެ ހާލަތަށް ގެނެސްފައިވާ ކަމަށްވެސް އެ ރަށު ކައުންސިލުން މައުލޫމާތު ދެއެވެ.

އެ ޕޮޒިޓޮވް ކޭސްއާ ގުޅިގެން ވިލުފުށީގައި މިހާރު ސާމްޕަލް ނެގުމާއި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ވެސް ދަނީ ކުރަމުންނެވެ.

އަތޮޅުތެރޭގެ 65 ރަށެއްގައި އެކްޓިވް ކޭސްތައް ހުރި އިރު 17 ރަށެއް މޮނިޓަރިންގައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ތަފާސްހިސާބުން ދައްކައެވެ.

އެޗްޕީއޭގެ ތަފާސްހިސާބުން ދައްކާގޮތުގައި އެ ރަށްތަކުގައި ކޮވިޑްގެ އެކްޓިވް ކޭސްތަކުގެ ގޮތުގައި 923 މީހަކު އެބަތިއްބެވެ. އޭގެތެރޭގައި ހިމެނެނީ 255 ބިދޭސީންނާއި 668 ދިވެހިންނެވެ.