ކޮވިޑް-19ގެ ޕޮޒިޓިވް ކޭސްތަކެއް ފެނި، އިތުރު 3 ރަށެއް މޮނިޓަރިންގެ ހާލަތަށް ލައިފިއެވެ.

މިއަދު މޮނިޓަރިންއަށް ލާފައި ވަނީ އދ. މަހިބަދޫ އާއި މާމިގިލީގެ އިތުރު ވ. ތިނަދޫއެވެ. މި 3 ރަށް މޮނިޓަރިންއަށް ލުމާއެކު މޮނިޓަރިންގައި ތިބި ރަށްތަކުގެ އަދަދު މިވަނީ 18 އަށް އަރާފައެވެ. ގިން އަދަދެއްގެ ރަށްތައް މޮނިޓަރިންގެ ހާލަތުގައި ވާއިރު، އަތޮޅުތެރޭގައި އެކްޓިވް ކޭސްތަކުގެ 800 އަށް ވުރެ މައްޗަށް އަރާފައި ވާ ކަން ފާހަގަ ކޮށްލެވެއެވެ.

މޮނިޓަރިން އަށް ލާފައި ވާ ރަށްތައް:

  • ދ. ކުޑަހުވަދޫ
  • ދ. މީދޫ
  • ކ. ހުރާ
  • ކ. ދިއްފުށި
  • ޅ. ނައިފަރު
  • ރ. ހުޅުދުއްފާރު
  • ޅ. ފެލިވަރު
  • ޅ. ހިންނަވަރު
  • ރ. އަލިފުށި
  • ގދ. ތިނަދޫ
  • ޅ. އޮޅުވެލިފުށި
  • ނ. ހޮޅުދޫ
  • ރ. މާކުރަތު
  • ޅ. ކުރެންދޫ
  • ށ. މަރޮށި
  • އދ. މާމިގިލި
  • އދ. މަހިބަދޫ، އަދި
  • ވ. ތިނަދޫ އެވެ.

ފާއިތުވި ދެތިން ހަފްތާގައި ރަށްރަށުން ފެންނަ ކޮވިޑް ކޭސްތައް ބޮޑުތަނުން އިތުރު ވެފައި ވާ ކަން އެޗްޕީއޭގެ ތަފާސް ހިސާބުތަކުން ދައްކައެވެ. އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ވެސް ދަނީ ޕޮޒިޓިވް ވަމުންނެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

މުޅި ރާއްޖޭގެ ކޮވިޑް ހާލަތަށް ބަލާލާއިރު، މި ވަގުތު އެކްޓިވް ކޭސްތަކުގެ ގޮތުގައި 3،063 ކޭސް އުޅޭއިރު، އޭގެ ތެރެއިން 94 މީހަކު ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުންދާ ކަން ފާހަގަ ކޮށްލެވެއެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ޕޮޒިޓިވް ވާ މީހުންގެ އަދަދު އެވްރެޖްކޮށް 100 އިން މަތީގައި އުޅޭތާ މިހާރު ދެމަހަށް ވުރެ ގިނަ ދުވަސް ވެއްޖެއެވެ.