ޕޮޒިޓިވްވާ އަދަދު މައްޗަށް ގޮސް މިއަދު ޖުމްލަ 300 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއީ މިއަހަރު އެންމެ ގިނަ ކޭސް ފެނުނު ދުވަހެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 94 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 15 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވްވި 96 މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 95 މީހުން ކަމަށެވެ.

މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 300
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 101
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 24،379
  • ކޮވިޑް އެކްޓިވް ކޭސް: 3022
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 21،282
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 67

މި ދިޔަ މަހުގެ ތެރޭގައި މި ބަލީގައި ވަނީ ފަސް މީހަކު މަރުވެފައެވެ.