މިއަދު ޖުމްލަ 167 މީހަަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

އެޗްޕީއޭ އިން ބުނީ މިއަދު ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 86 މީހަކާއި، ހިންގަމުން ދާ ރިސޯޓަކުން 21 މީހަކާއި މީހުން ދިރިއުޅޭ ރަށްރަށުން ޕޮޒިޓިވް މީހަކާއި އިންޑަސްޓްރިއަލް ރަށްރަށުން 1 މީހުން ކަމަށެވެ.މިއަދުގެ ކޮވިޑް އަޕްޑޭޓު:

  • މިއަދު ޕޮޒިޓިވްވި އަދަދު: 167
  • ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ވާ މީހުންގެ އަދަދު: 91
  • ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު: 23،838
  • ކޮވިޑް އެކްޓިވް ކޭސް: 2780
  • ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު 20،98
  • ކޮވިޑް މަރުގެ ޖުމްލަ އަދަދު: 66

ކޮވިޑް ބަލީގައި މިހާތަނަށް 66 މީހުން މަރުވެފައި ވާއިރު މި މަހުގެ ތެރޭގައި މި ބަލީގައި ވަނީ ހަތަރު މީހަކު މަރުވެފައެވެ.

މިފަހަކަށް އައިސް، އަތޮޅުތެރޭގެ ބައެއް ރަށްތަކުން ރެންޑަމް ސާމްޕަލްތައް ޕޮޒިޓިވް ވަމުން ދާ މިންވަރު އިތުރު ވަމުން ދާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން، ބައެއް ރަށްރަށުން މީހަކު ޕޮޒިޓިވް ކަން އެނގޭއިރު، ރަށުގައި ބަލި ފެތުރި، ރަށުގެ ގިނަ ބަޔަކަށް ބަލި ޖެހިފައި ވެސް އެބަ ހުއްޓެވެ. ބައެއް ފަހަރު އެ ކޭސްތަކަކީ ކަރަންޓީނު ވާ މީހުންނާ ގުޅުން ހުރި ކޭސްތަކަށް ވެސް ވެއެވެ.

އަތޮޅު ތެރޭގެ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު މިވަގުތު އެކްޓިވް ކޭސްގެ ގޮތުގައި ޖުމްލަ 520 އަށް އަރާގައި ވާއިރު އެއީ 56 ރަށެއްގެ ޕޮޒިޓިވް ކޭސްތަކެވެ.

މޮނިޓަރިންގައި މިވަގުތު 15 ރަށެއް އޮތްއިރު، އޭގެ ތެެރޭގައި ހިމެނެނީ ދ. ކުޑަހުވަދޫ، ރ. އުގޫފާރު، ދ. މީދޫ، ކ. ހުރާ، ކ. ދިއްފުށި، ޅ. ނައިފަރު، ރ. މަޑުއްވަރި، ރ. ހުޅުދުއްފާރު، ޅ. ފެލިވަރު، ޅ. ހިންނަވަރު، ރ. އަލިފުށި، ގދ. ތިނަދޫ އަދި ޅ. އޮޅުވެލި، ނ. ހުޅުދޫ އާއި ރ މާކުރަތެވެ.